ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ ނާއިބުންނަށް ސަލާމަތާއި ރައްކާތެރިކަން ދެއްވުމަށް އެދި ޑިފެންސް މިނިސްޓްރީގައި އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގަންނަވައިފި އެވެ .
އެ ކޮމިޝަންގެ ތަރުޖަމާނު އަދި މެންބަރު އަހުމަދު އަކުރަމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ނާއިބުންނަށް، 18 އޯގަސްޓް 2018 އިން ފެށިގެން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑެ ނެޝަނަލް ސެކިޔުރިޓީ އަށް އެދެފިި ކަމުގައެވެ.
ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުންނާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ރިޔާސީ އިންތިހާބުގެ ޤާނޫނުގައި ކަނޑައެޅިފައިވާ ކަމެކެވެ