މީދޫގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ “ނަލަފެހި” ޖަމިއްޔާއިން އިސްނަގައިގެން މީދޫގެ ބަނދަރު މަތި ސާފު ތަނަކަށް ހެދުމަށްޓަކައި ޑަސްބިން ބަހައްޓައިފި އެވެ.
ނަލަފެހި ޖަމިއްޔާއިން ބުނި ގޮތުގައި ޖުލައި 27 ވަނަދުވަހު ބަނދަރުގައި ޑަސްބިން ބަހައްޓާ ކުނިބުނި އެޅުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ ބޯޓުފަހަރުން ހުސްކުރާ ކުނިބުނި އެޅުމަށް އެފަރާތްތަކަށް ހާއްސަކޮށްގެންނެވެ. ބަނދަރުގައި ބެހެއްޓިފައި ވަނީ ތިންބާވަތުގެ ކުންޏަށް ހާއްސަކޮށްފައި ތިންވައްތަރު ގެ ކުނި ވަކިވަކި ޑަސްބިންތަކަށް އަޅާގޮތަށެވެ. އެގޮތުން ޕްލާސްޓިކް، ދަގނަޑުގެ ބާވަތް އަދި އާންމު ކުނި ހިމެނެއެވެ.
މީގެ އިތުރުން އެ ޖަމިއްޔާއިން ބުނިގޮތުގައި ހަމަ އެދުވަހު ހެނދުނު ޝަމްސުއްދީން ސްކޫލްދަރިވަރުންނާއި ގުޅިގެން ގަނޑުވަރި ފަންނުގައި ވަނީ މެންގްރޫވް އާލާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. ނަލަފެހިން ބުނިގޮތުގައި މެންގްރޫވް އާލާކުރުމުގެ ކުރިން ދަރިވަރުންނަށް ވަނީ އެގަހާބެހޭ މައުލޫމާތު ދީފައެވެ.
ނަލަފެހި ޖަމިއްޔާއިން ބުނިގޮތުގައި ޑަސްބިން ބެހެއްޓުމާއި މެންގްރޫވް ޕްލާންޓް އިންދުމުގެ ޕްރޮގްރާމް ތައް ކުރިޔަށް އޮތްތާގައިވެސް ބޭއްވުމަށް ޖަމަޖެހިފައި ވެއެވެ.
ނަލަފެހި ޖަމިއްޔާ އަކީ މިހާތަނަށް ރަށުގައި އުފެދުނު އެންމެ ވަރުގަދަ އެއް ޖަމިއްޔާއެވެ. މިޖަމިއްޔާ އިން ރަށް ސާފުކުރުމާއި، ގަސް އިންދުމުގެ އިތުރުން ރަށުގެ ތަރައްގީއަށް ގިނަގުނަ ކަންތައް ތައް ކުރަމުންދެއެކެވެ. މީގެ އިތުރުން މިޖަމިއްޔާއަކީ ޖަމިއްޔާގެ ގުޅުން ވަރުގަދަ ކޮށް ހިންގުމަށް އެކި އެކި ހިޔާލު ހޯދުމަށް ޖަމިއްޔާއިން ދޭތެރެ ދޭތެރެއިން އެކުވެރިކަމުގެ ސައެއް ބާއްވާ ހިޔާލު ބަދަލު ކޮށްލާ ގުޅުން ބަދަހި ކޮށްލާ ޖަމިއްޔާއެއް ގޮތަށްވެސް ފާހަނަގަ ކޮށްލެވޭ ޖަމިއްޔާއެކެވެ.
ނަލަފެހިން ފާހަގަ ކުރާ ގޮތުގައި މި ޖަމްމިއްޔާ އަކީ ރަށުގެ ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބެމުންދާ ޖަމިއްޔާ އެކެވެ. ރަށުގެ ރައްޔިތުންގެ އެއްބާރުލުން މި ޖަމްމިއްޔާ އަށް ލިބުމަކީ މިޖަމްމިއްޔާ އުފެއްދި ފަރާތް ތަކަށް ލިބުނު ހިއްވަރެއް ކަމަށް ޖަމިއްޔާގެ އިސްވެރިން އަބަދުވެސް ފާހަގަ ކުރެއެވެ.