English Edition
Dhivehi Edition

ރާއްޖޭގެ 53 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރަސްމީ ކުޅިވަރުތަކާއި ހެވިކަމުގެ ހަރަކާތްތައް ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ބާއްވައިފ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެ ކަނބަލުން ޝަރަފުވެރި ކޮށްދެއްވި މި ރަސްމިއްޔާތުގައި ދައުލަތުގެ ބާރުތަކުގެ ވެރިންނާއި މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ

ކުލަގަދަކޮށް ފާހަގަކުރި މި ރަސްމިއްޔާތުގެ ކުޅިވަރުތައް ބެލުމަށް އާންމުންގެ ގިނަ ބަޔަކު މިރޭ ގަލޮޅު ދަނޑަށް އެއްވިއެވެ

ރަސްމިއްޔާތު ފެށިގެން ދިޔައީ ސިފައިންނާއި ސްކޫލްތަކުގެ ކެޑޭޓް ކުދިންގެ ފަރާތުން ރައީސަށް ރިޔާސީ ކުރުނީހެއް އެރުވުމުންނެވެ.

އެއަށްފަހު ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ޤައުމީ ސަލާން ކުޅުނެވެ. އޭގެފަހުން، ދިވެހި ސިފައިންގެ ލަޝޤކަރާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުން ޝަރަފުގެ ހިނގާލުމެއް އޮތެވެ. މިހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވުނެވެ

ފުރިހަމަ ހަރަކާތް ތަކެއް ފެނިގެން ދިޔަ މި ކުޅިވަރުތަކުގައި ސިފައިންނާއެކު މާލޭގެ ގިނަ ސްކޫލް ތަކުގެ ދަރިވަރުން ބައިވެރިވެފައި ވެއެވެ

މިނިވަން ދުވަހާ ގުޅިގެން ހަވީރު މާލޭގައި ޕެރޭޑެއް ބޭއްވުނެވެ އަދި މި ރޭ މާލޭގައި ހަވާއެރުވުންވެސް އޮތެވެ.

މާދަމާ ހަވީރު މާލޭގެ މަގުތަކުގައި ސިފައިންގެ ރޫޓު މާޗު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

.