އަމީނިއްޔާ ސްކޫލުގެ ބޭރުގައި ހަދާފައި ހުންނަ ދުވަސްވީ ލޯގޯ މޮނިއުމެންޓަކަށް ހެދުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނޫސްވެރިންނަށް މައުލޫމާތު ދީފިއެވެ..
އަމީނިއްޔާ ސްކޫލުގެ ބާ އިމާރާތުގެ ބޭރުގައި ޗާންދަނީ މަގަށްވާ ގޮތަށް ރާނާފައި ހުރި ބައިގަރުނަށް ވުރެ ގިނަ ދުވަސް ވާނެ ކަމަށް ލަފާ ކުރެވޭ ތާރީޚީ ލޯގޯ މިއަދު ވަނީ އެ ތަނުން ނަގާފަ އެވެ.
މޮނިއުމެންޓެއް ގެ ގޮތުގައި އެ ލޯގޯ ބަހައްޓަން ނިންމާފައިވާ ކަމުގައި އަމީނިއްޔާ ސްކޫލުނާއި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނޫސްތަކަށް މައުލޫމާތު ދީފައިވަނީ ލޯގޯ ނެގުމާއި ގުޅިގެން ސޯޝަލް މީޑއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ އެ ލޯގޯ ނައްތައިނުލާނެ ކަމަށާއި އެ ލޯގޯ އަކީ އަމީނިއްޔާގެ ތާރީޚާ ގުޅިފައިވާ އެއްޗަކަށް ވުމުން މޮނިއުމެންޓެއްގެ ގޮތުގައި ސްކޫލުގެ ގޯތިތެރޭގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސްކޫލަށް ވަންނަ ދޮރާށި ކާރީގައި ކުޑަ ބަގީޗާއެއް ހަދާފައި މޮނިއުމެންޓެއް ގޮތުގައި ލޯގޯ ބަހައްޓާނެ ކަމުގައެވެ. .
.އަމީނިއްޔާ ސްކޫލުގެ ބާ އިމާރާތް މިދިއަ އޭޕްރިލް މަހުގައި ތަޅާފައިވާ އިރު މި ލޯގޯ ހުރީ ތަޅާނުލައި ބަހައްޓާފައެވެ