English Edition
Dhivehi Edition

ކީރިތި ޤުރްއާން ހިތުދަސްކުރި 7 ހާފިޒުންނަށް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލާއި ހަނދާނީލިޔުން ދެއްވައިފިއެވެ.
އެފަރާތްތަކާއި މެޑަލް ހަވާލުކުރެއްވީ ރޭ ޖުމުހުރީ މައިދާނުގައި ބޭއްވި މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމުއެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރޭ ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރެއްވީ ފިރިހެން ބޭފުޅަކާއި 6 އަންހެން ބޭފުޅުންނެވެ. އެއީ:

އަލްޙާފިޡާ ޝައުސަން ވަސީމް ވެސްޓްލައިޓް، ސ. ހުޅުދޫ

އަލްޙާފިޡް މުރުޝިދުލް އަމީން ނީލަންވާދީ، ސ. ހިތަދޫ

އަލްޙާފިޡާ މަރްޔަމްދީދީ މެރިހާނާ، ސ. މީދޫ
އަލްޙާފިޡާ މަރްޔަމް ވަދީފާ މިސްކިތްމަގު ބާޣުބަހާރު، ޏ. ފުވައްމުލަކު
އަލްޙާފިޡާ އާމިނަތު ޙިޝްމާ އާދަމް މ. ސަމަރުބްލޫގެ
އަލްޙާފިޡާ ސުޖާތާ ޢަބްދުލްޣަފޫރު މާލެ ދަފްތަރު ނަންބަރު: ރސ 5559
އަލްޙާފިޡާ ސަޖްވާ މުޙައްމަދު ލަޠީފް ފެހިގެ، ދ. މީދޫ
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މެޑަލް ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ދެންނެވިއެވެ.