English Edition
Dhivehi Edition

ސަރުކާރުން ދެއްވާ ‏‏ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ‏‏ބައެއް ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ރޭ ދެއްވައިފި‏އެވެ.

މި އިނާމުތައް ދެއްވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި، ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލާއަކާއި، ހަނދާނީ ލިޔުމެކެވެ.

މިއަހަރު ޚާއްޞަ އިނާމު ލިބިވަޑައިގަތީ، 24 ބޭފުޅަކަށެވެ. މި ފަރާތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 2 ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 19 ބޭފުޅުންނާއި، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާފައިވާ 3 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 2 ބޭފުޅުންނަކީ:

ޑޮކްޓަރ ޢަބްދުއްރަޙީމް ޙަސަން ލިލީގެ، ތ. ހިރިލަންދޫ
ޑޮކްޓަރ މަރްޔަމް ޝަހްނީޒާ ނަޞީރު ތިލަދޫ، ހއ. ދިއްދޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޕީ.އެޗް.ޑީ.އަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި އެކޯހުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގައި ފުރަތަމަ ޕީ.އެޗް.ޑީ ހާސިލު ކުރެއްވުމުގެ ޝަރަފު ހޯއްދަވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި ހަނދާނީފިލާ ލިބިވަޑައިގަތް ދެ ބޭފުޅުންނަކީ:

ޑޮކްޓަރ ސުނީނާ ރަޝީދު ކާނިގަސްދޮށުގެ، ގދ. ރަތަފަންދޫ
ޑޮކްޓަރ ޢާއިޝަތު ޢަލީ މ. ހިޔާވަހިގެ

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 19 ބޭފުޅުންނަކީ:

ޑޮކްޓަރ މުޙައްމަދު ޝިފާން މ. ވިންޑްސްކްރީން
އަލްއުސްތާޛާ ފާޠިމަތު ޝިނާޒާ ކަންމަތީގެ، ސ. ހުޅުދޫ
އަލްފާޟިލާ އަމީނާ އާދަމް ހުރާ، ހދ. ކުޅުދުއްފުށި
އަލްއުސްތާޛު އިބްރާހީމް ރަޝީދު ހިކިފިނިފެންމާގެ، ހއ. ތުރާކުނު
އަލްފާޟިލް މުޙައްމަދު ޝިފާން ގ. ކެރަފާގެ
އަލްފާޟިލް ޢަލީ ޝަރީފު ނޫރާނީގެ، ރ. އިންނަމާދޫ
އަލްފާޟިލާ މަރްޔަމް ފަޒުލީނާ މުޞްޠަފާ ވާރުގެ، ސ. ހުޅުދޫ
އަލްފާޟިލާ އާމިނަތު ޝަޒުރާ ޕާމްޝޭޑް، ސ. ފޭދޫ
އަލްއުސްތާޛު ޢަބްދުﷲ ރާބިޢު ގަލްގާސްގެ، ކ. ދިއްފުށި
އަލްއުސްތާޛު ޢަލީ އަޙްމަދު ބިއްދޮށުގެ، ފ. ނިލަންދޫ
އަލްއުސްތާޛު މުޙައްމަދު ހުޝާމް ޢަލީ ހ. އާޒާދެވާދީ
އަލްފާޟިލް ޢަބްދުލްޢަލީމް ޙަސަން ގުލްއަލާގެ، ޅ. ހިންނަވަރު
އަލްފާޟިލް ޢަބްދުﷲ އިރުފާން ޝެހެނާ، ރ. އަލިފުށި
އަލްފާޟިލާ ޙައްވާ ޝިއުނާ ހ. މިލަހަނދުވަރުގެ
އަލްފާޟިލާ ފާޠިމަތު ސުހާ ހ. އަލަނާސިމާގެއާގެ
އަލްފާޟިލް ހާޝިމް އަބޫބަކުރު ކެވެލި، ހދ. ކުޅުދުއްފުށި
އަލްފާޟިލާ މަރްޔަމް ސާމިޙާ ގ. ސިނަމާލެ 1 01-13
އަލްއުސްތާޛާ ޢާއިޝަތު ޢިއްފާ އަޝްރަފް ހ. ރޭ
އަލްފާޟިލް ފަރުޙާން ޢަލީ އުޑުވިލާ، އއ. މަތިވެރި

ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ 3 ބޭފުޅުންނެވެ. އެބޭފުޅުންނަކީ:

އަލްފާޟިލް ޝާހީން އިބްރާހީމްދީދީ ސީނުގެ، ގއ. ކޮނޑޭ
އަލްފާޟިލާ ޝަހުމީނާ ލަބީބު ބެރެބެދިމާގެ، ސ. ހިތަދޫ
އަލްފާޟިލް ޔަޛީދު މުޙައްމަދު ވައިޖެހޭގެ، ގއ. ވިލިނގިލި

2017 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަކީ:

މަރްޔަމް ހައިބާ ޢަބްދުﷲ، ހ. ހުބަ – މެތަމެޓިކްސް (އިސްކަންދަރު ސްކޫލް)
ނަސަމް ނަސީމް، ރަތްވިލާގެ ލ. ފޮނަދޫ – ޓްރެވަލް އެންޑް ޓޫރިޒަމް (ޖަމާލުއްދީން ސްކޫލް)
އަޙްމަދު މިޞްބާޙް ޢަލީ، މިދިލިމާގެ، ތ. ކަނޑޫދޫ – މެރިން ސައިންސް (ތ. ކަނޑޫދޫ ސްކޫލް)

2018-2017ވަނަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން އެކި މާއްދާތަކުން 1 ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަކީ:

ޢާއިޝަތު އާލާ އިޤްބާލް، ބިލިމަގުމާގެ، ސ. ހިތަދޫ – އެކައުންޓިންގ (އައްޑޫ ހައި ސްކޫލް)
ޙުސައިން ރަފްޢާން ސަޢީދު، ކުމުންޒާނިގެ، ސ. ފޭދޫ – އެކައުންޓިންގ (އައްޑޫ ހައި ސްކޫލް)
އައިމަން އިބްރާހީމް، ނޫރަންގެ، ޅ. ކުރެންދޫ – އެކައުންޓިންގ (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
ހުޝާމް ޢަބްދުލްޙަމީދު، ވައިމަތީގެ، ތ. ގާދިއްފުށީ – އެކައުންޓިންގ (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
އިބްރާހީމް ޝާދިން މުޙައްމަދު، މއ. ގޯލްޑް ހޯޕް – އެކައުންޓިންގ (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
މަރްޔަމް އިންޝާ ޒިޔާދު، އަލިމަސްވާދީ، ސ. ހުޅުދޫ – އެކައުންޓިންގ، އިކޮނޮމިކްސް (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
އާސިޔަތު އަޤްޞާ ޢަފީފް، ދިރުން، ގދ. ތިނަދޫ – އިކޮނޮމިކްސް (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
މަރްޔަމް އަޒްހާ އިބްރާހީމް، މ. ޝަބްނަމްވިލާ – ކެމިސްޓްރީ، ފިޒިކްސް (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
އާމިނަތު އިބާނާ ޝާހިދު، މޭވާގަސްދޮށުގެ، ސ. ހުޅުދޫ – ބިޒްނަސް ސްޓަޑީޒް (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
ޙަސަން ސަރާޙް، ގ. ސިނަމާލެ 1 02-14 – ބިޒްނަސް ސްޓަޑީޒް (ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް)

ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރެއްވި ސްކައުޓް، އާރުޒޫ، ގދ. ތިނަދޫ، އަނޫފް ޢަބްދުﷲ އަށާއި، ބޭޑަންޕަވަލް ބެޖް ހާސިލުކުރެއްވި ގ. ލަގަނާ، މުޙައްމަދު އަޒާން ޢަބްދުﷲ އަށާއި، ތީތާގެ، ސ. މީދޫ، މުޙައްމަދު ފައުޒޫންއަށް މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބެޖް ދެއްވިއެވެ.

 

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ވަރަށް ތަހުނިޔާ ދެންނެވިއެވެ.