English Edition
Dhivehi Edition

ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ދިނުމަށް ކޮށްފައިވާ އިއުލާނާ ގުޅޭ ޕްރީބިޑް މީޓިން އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިންމައިފިކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުނެފިއެވެ..

އެ ކުންފުނިން ބުނީ ޕްރީބިޑް މީޓިން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 13:30 ގައި ޗަމްޕާ ސެންޓްރަލް ހޮޓެލްގެ އެއްވަނަ ފަންގިފިލާގައި ކަމަށެވެ.

ޓީ.އައި.ޒެޑް އިން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް، ކޮންމެ ފަރާތަކަށް ގިނަވެގެން ތިން ޕްލޮޓަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު، ބީލަން ހުށަހަޅުއްވަން ގަސްތުކުރައްވާ ކޮންމެ ޕްލޮޓަކަށް ވަކިން ރަޖިސްޓްރީކުރައްވަންޖެހެއެވެ. އަދި ރަޖިސްޓްރީ ފީގެ ގޮތުގައި 200ރ ދައްކަން ޖެހިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން 2018 އޮގަސްޓް 13 ވަނަ ދުވަހުގެ ކުރިން، ބީލަން ހުށަހަޅުއްވާ ކޮންމެ ޕްލޮޓަކަށް 5000ރ. (ފަސް ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންޖެހޭނެ ކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ 2018 އޮގަސްޓް 13 ވަނަ ދުވަހުގެ 00:13 ކުރިން ބިޑް ސެކިއުރިޓީ ދައްކަވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ތިލަފުށީ ކޯޕަރޭޝަނާއި ގުޅީފަޅު އިންވެސްޓްމަންޓް އެއްކޮށްލައިގެން ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ