English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި ސީއައުޓްފޯލް އަޅައި ދޭނެ ބަޔަކު ހޯދުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން އިއުލާންކޮށްފިއެވެ. ހިތަދޫގެ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވާ އެމް.ޑަބްލިއު.އެސް.ސީ އިން ދޭ މަޢުލޫމާތާ އެއްގޮތަށް އެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 02 އޮގަސްޓް 2017 އިން 08 އޮގަސްޓް 2017 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަށް (އެމް.ޑަބްލިޔު.އެސް.ސީ )ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ ގައެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ200.00ރ އެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަނިކަމަށް އެކުންފުނީގެ އިއުލާނުގައިވަނީ ބަޔާންކޮށްފައެވެ. މި މަސައްކަތުގެ ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 14 އޮގަސްޓް 2017 ވާ ހޯމަ ދުވަހު 11:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 21 އޮގަސްޓް 2017 ވާ ހޯމަ ދުވަހު 11:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނެކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރކަމުގައި އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ % 10 ބިޑް އެވޯރޑްކުރެވޭތާ 14 ދުވަސްތެރޭގައި ހުށައަޅަންވާނެކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ