English Edition
Dhivehi Edition

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ގާލާ ނައިޓްގައި ޔަންގް ސްޕޯޓްސްމަން އޮފް ދަ އިޔަރގެ މަގާމު ޓީޓީގެ ޒުވާން ދެތަރިން ކަމަށްވާ ފާތުމަތު ދީމާ އަލީ އާއި އަޚްޔާރު އަޙްމަދު ޚާލިދު ހޯދައިފިއެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އެވޯޑު ހަފުލާގައި މި ދެތަރިން އެވޯޑް ހަވާލުކޮއްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފްއެވެ.

ދީމާއަށް ޔަންގް އެތުލީޓް ލިބުނުއިރު އޭނާ ވަނީ އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަގާމުވެސް ދިފާއުކޮއްފައެވެ. ދީމާގެ ފަހަތުން މި އެވޯޑަށް ވާދަކުރީ ޔަންގް ސްޕޯޓްސް މަން ބްރޯންޒް އެވޯޑް ހޯދި ބެޑްމިންޓަން ތަރި ލައިބާ އަހުމަދު މަހްލޫފް އާއި ސިލްވަރ އެވޯޑް ހޯދި ޓީޓީ ތަރި މިޝްކާ މުހަންމަދު އިބްރާހިމް އެވެ.

ޔަންގް ސްޕޯޓްސްމަން އޮފްދަ އިޔަރ އަޚްޔާރު ހާސިލުކުރި އިރު އޭނާގެ ފަހަތުން މި އެވޯޑަށް ވާދަކުރީ ބްރޯންޒް އެވޯޑް ހާސިލުކުރި ހޭންޑްބޯޅައިން މުހަންމަދު ޔަޝްމު އަހުމަދު އާއި ސިލްވަރ އެވޯޑް ހޯދި ބޮޑީބޯޑިން ޒުވާން ތަރި އާމިން އުމަރު މޫސާއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ 2024ގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ފާތިމަތު ދީމާ ހޮވިފައިވާއިރު ފިރިހެން އެތުލީޓަކަށް ހޮވިފައިވަނީ މުޙައްމަދު ޝައްފާން އިސްމާއީލް އެވެ.

‘މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް’ އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގައި ބާއްވަމުންދާ އެންމެ ޝަރަފްވެރި އިޙްތިފާލެވެ.