English Edition
Dhivehi Edition

މިއަހަރު އެޕްރީލް މަހު ބޭއްވި ‘ދާދާސަހާބް ޕަލްކޭ އެވޯޑް’ ހަފްލާއަށް މަޝްހޫރު ޓީވީ ތަރި ހީނާ ހާން ބޭނުންކުރި ގަހާނާތައް އަބުރާ ގަހާނާ ވިއްކާ ކުންފުންޏަށް ދީފައި ނުވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކައަށް ހީނާ ރައްދު ދީފިއެވެ.

ބިގް ބޮސް ސީޒަން11 ގައި ބައިވެރިވެފައިވާ ހީނާ ގަހާނާތައް އަބުރާ ކުންފުންޏާ ހަވާލުކޮށްފައި ނުވާތީ މިހާރު އޭނާއަށް ޤާނޫނީ އިންޒާރު ފޮނުވާފައިވާކަމަށް މީޑިއާތަކުން ބުނެފައިވާއިރު ހީނާވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.އެގާރަލައްކަ ރުޕީސްގެ ގަހާނާތަކުގެ މައްސަލާގައި ހީނާ އަށް ނޯޓިސް އައިސްފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އިންސްޓަގްރާމްގައި ހީނާ ބުނެފައިވަނީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ރަގަޅު ގޮތުގައި ކަންތައްވީ ގޮތް ހިއްސާކުރަން ބޭނުންވާކަމަށެވެ.

ހީނާގެ ޕޯސްޓްގައި ބުނެފައިވަނީ އެފަދަ ދޮގު ވާހަކަތައް ދެއްކުމާއި ގުޅިގެން އޭނާގެ ވަކީލް މިހާރު ސުޕްރީމް ކޯޓުގައި މައްސަލަ ހުށަހަޅާފައިވާކަމަށެވެ. މީގެ އިތުރުން ހީނާ އިސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯ އާއި އެކު ބުނެފައިވަނީ މިހާރު މީޑިއާތަކުން ޕަބްލިސިޓީ ހޯދުމަށް ހިއްސާކުރަމުންދަނީ ސޮއި އަދި ސްޓޭމްޕެއް ނެތް ފޭކް ނޯޓިސްއެއްކަމަށެވެ

މީގެ އިތުރުން ހީނާ ބުނެފައިވަނީ ޤާނޫނު އޭނާއަށް އިންސާފު ހޯދައިދޭނެކަމަށާއި އެއްވެސް ކުށެށް ނެތް މީހެއްގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ކުރިން އެކަމަކު ތެދު ދޮގުބަލާ ހެކި ހޯދަން ޖެހޭ ކަމަށެވެ.