English Edition
Dhivehi Edition

އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ހީނާ ހާނަށް ބޮލީވުޑްގެ ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ

މިހާރު ސްޓާޕަލްސް އިން ދައްކާ ކަސޯޓީ ޒިންދަގީ ގައި ކޮމާލިކާގެ ރޯލުން ފެނިގެންދާ ހީނާ ބުނެފައިވަނީ އޭނާ އަށް ފުރުސަތު ލިބުނީ މި ޒަމާނުގެ ހަލޮބަލިކަމާ ދުރު މާހައުލެއްގެ، ވާހަކަ ކިޔައި ދޭނެ ފިލްމަކުން ކަމަށެވެ.90 އަހަރުތަކުގެ ތެރޭގެ ވާހަކަތައް ހިމެނޭ މި ފިލްމު ޝޫޓިން ކަޝްމީރުގައި ފެށުމަށް ހަމަޖެހިފައިވާއިރު އަދި ފިލްމުގެ ނަން އިއުލާންކޮށްފައެއް ނެތެވެ

ހުސެއިން ހާން ޑައިރެކްޓުކުރާ މި ފިލްމުގައި ހީނާގެ އިތުރުން، އޭނަގެ މާމަގެ ރޯލުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ފަރީދާ ޖަލާލު ވެސް ފެނިގެން ދާނެއެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ރާހަތު ކަޒްމީ އާއި ޝަކުތީ ސިންގެވެ

ސްޓާ ޕްލަސްގެ ސިލްސިލާ “ޔެ ރިޝްތާ ކިޔާ ކެހެލާތާ ހޭ” ގައި އަކްޝަރާގެ ރޯލް ކުޅެގެން މަޝްހޫރުކަން ހޯދި ހީނާ ދާދި ފަހުން ވަނީ ކުރު ފިލްމަކާއި ވީޑިއޯ ލަވައެއްގައި ވެސް މަސައްކަތްކޮށްފަ އެވެ