English Edition
Dhivehi Edition
އިކުއިޓޯރިއަލް ޓްރެވަލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން (އެޓާ) ގެ ބޯޑު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ހަފްތާގެ ބުރާސްފަތި ދުވަހު ސްރީލަންކާގެ ކޮލަމްބޯގައި ފަށާ “މޯލްޑިވްސް ޝޯކޭސް” ގައި އައްޑޫގެ 5 ފަރާތަކުން ބައިވެރިވެއްޖެއެވެ.

ރާއްޖޭގެ އިވެންޓްސް މެނޭޖްމެންޓް ކުންފުނި ހައިރައިޒާއި، ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ މަޓާޓޯ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދީ އެކި ދާއިރާތައް އިސްތިހާރުކުރުމަށް ބާއްވާ މި އިވެންޓު ކުރިއަށްދާނީ ޖުލައި 26 އަދި 27 މިދެދުވަހު ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ތާޖު ސަމުދްރާ ހޮޓެލްގައެވެ.

އިވެންޓާ ގުޅޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ހައިރައިޒުން ބުނީ ހައިރައިޒާއި މަޓާޓޯ ގުޅިގެން ބާއްވާ ފުރަތަމަ “މޯލްޑިވްސް ޝޯކޭސް” އައްޑޫގެ ޓޫރިޒަމް އެސޯސިއޭޝަން އަށް ޚާއްޞަ ޒޯނެއް ކަނޑައަޅައި އައްޑޫގެ ގެސްޓްހައުސްތައް ޕްރޮމޯޓް ކުރުމަށް ފުރުސަތު ދީފައިވާނެ ކަމަށެވެ.

މޯލްޑިވްސް ޝޯކޭސް ގައި އައްޑޫން ބައިވެރިވެފައިވަނީ އީކުއޭޓަރ ވިލެޖް، އަބުހަރީ ގްރޭންޑް، ދިރޭ އިން އަދި ޓައިޓޭން މޯލްޑިވްސްގެ އިތުރުން އީކުއޭޓަރ ހޯމް އިންނެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓުހައުސް ތަކާއި ޓްރެވެލް އެޖެންޓުން މި އިވެންޓުގައި ބައިވެރިވާ ކަމަށް ހައިރައިޒުން ބުނެއެވެ.

މުޅިއެކު 27 ފަރާތަކާއެކު ކުރިއަށް ގެންދާ މޯލްޑިވްސް ޝޯކޭސްގައި އާޓްސް އެންޑް ކްރާފްޓާއި ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ދިވެހި ބޮޑުބެރާއި ސަގާފީ ނެށުން ވެސް މި އިވެންޓުގައި ހިމެނޭނެ ކަމަށް ހައިރައިޒުން ބުނެއެވެ.

ހައިރައިޒުން ބުނެފައިވަނީ “މޯލްޑިވްސް ޝޯކޭސް” މެދުވެރިކޮށް އިސްތިހާރުކުރާނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ހުނަރާއި ރަހަތައް، ނުވަތަ “ޓުއަރިޒަމް، ޓްރޭޑް، ޓެލެންޓްސް އަދި ޓޭސްޓް” ކަމަށެވެ.