English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި މަރަމާރީއާ ގުޅިގެން 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދު މިރޭ މާރަމާރީ ހިނގާފައިވާ ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 9:40 ހާއިރު ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މިހާތަނަށް އެ މައްސަލާގައި 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިރޭ އައްޑޫގައި ހިނގި މާރަމާރީގައި ދެ ޒުވާނަކަށް ހަމަލާދީ ވަނީ ޒަހަމްކޮށްލައިފަ އެވެ. އަދި އެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ އިރު ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވީ މާރާމާރީގައި ޒަހަމްވި ދެ ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ ދެ ޒުވާނުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ނަޖީބް ވިދާޅުވިއެވެ

މާރަމާރީ ހިނގުމުގެ އިތުރުން ހިތަދޫގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ވެސް މިރޭ ވަނީ ހުޅުޖަހައި ރޯކޮށްލައިފަ އެވެ. އެ ސައިކަލު ވަނީ މުޅިން އަނދާ ހުލިފަ އެވެ.