English Edition
Dhivehi Edition
މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސް މަޖައްލާ އަދި ޓީވީ ސްޓޭޝަންތަކުގެ އިސްފަރާތްތަކާ ބައްދަލުކުރުން-- ފޮޓޯ: އެމްއެމްސީ

ޑިގްރީ ނެތް ނަމަވެސް ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ކުރެވޭ ގޮތަށް ޤަވައިދަށް ބަދަލު ގެނެސްފިއެވެ.

ނޫސް މަޖައްލާ ފަދަ ތަކެތި ރެޖިސްޓްރީ ކުރުމުގެ ގަވާއިދަށް، ޖެނުއަރީ 30 ވަނަ ދުވަހު ގެނެސްފައިވާ އިސްލާހުގައި ހޯމް މިނިސްޓްރީން ބުނެފައިވަނީ، ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ކުރެވޭނީ ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ އެދާއިރާއާއި ގުޅުން ހުރި ދާއިރާ އަކުން ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އެޤަވައިދަށް ބަދަލު ގެނެސް ހޯމް މިނިސްޓްރީއިން ވަނީ ޑިގްރީ ނެތް ނަމަވެސް ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ޤަވައިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ޑިގްރީ ނެތް ނަމަ ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އަލަށް ގެނައި އިސްލާހުގައި ހިމެނޭ އިތުރު ކަންތައްތަކަށް ބަލާއިރު ޖާނަލްތަކާއި ކޮމިކްތަކުގެ އެޑިޓަރުކަން ވެސް ޑިގްރީ ނެތް ފަރާތްތަކަށް ކުރެވޭނެއެވެ.

ޑިގްރީ ނެތް ފަރާތްތަކަށް ނޫސްތަކުގެ އެޑިޓަރުކަން ކުރެވޭ ގޮތަށް ހޯމް މިނިސްޓްރީއިން ޤަވައިދު އިސްލާހު ކުރީ، އެގޮތަށް ޤަވައިދު އިސްލާހު ކުރަން ވަރަށް ގިނަ ފަރާތްތަކަކުން އެދެމުން ދަނިކޮށެވެ.

ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމަށް ހޯމް މިނިސްޓްރީ އިން މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެކުލަވާލި ޤަވައިދުގެ ދަށުން ރާއްޖޭގައި ހިންގާ ހުރިހާ ނޫސްތަކާއި މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރަން ޖެހެއެވެ.