English Edition
Dhivehi Edition

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ތެޔޮފިހާރައެއް ފަޅައިލައި އެފިހާރައިން 75000 ރުފިޔާ ވަގަށްނަގައިފިއެވެ. ފުލުހުން ވިދާޅުވީ އެ ހާދިސާ ހިންގާފައިވަނީ ހުސްވި ޖުލައިމަހު 31 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ކަމަށެވެ. އެ ފިހާރަ ފަޅަލައިލައި އެތަނުންވަނީ 75000 ރުފިޔާ ވަގަށްނަގައިފައެވެ. އެފައިސާ ވަގަށްނެގި ކަމުގެ ތުހުމަތުގައި ފުލުހުން ރޭވަނީ ދެ މީހަކު ހައްޔަރިކޮށްފައެވެ.

ފުލުހުންގެ މީޑިއާއިން ވިދާޅުވީ އެދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއް ހޯދައިގެން ކަމަށެވެ. ފުލުހުން ގެންދަވަނީ އެ މައްސަލަ ބައްލަވުންނެވެ. މީގެ އިތުރަށް ރޭ ދެންވަރު 3:00 ގައި ށ. މާއުނގޫދޫގައިވަނީ މީހެއްގެ ސައިކަލެއްގައި ރޯކޮށްފައެވެ. އަދި އެހާދިސާގައި އެސައިކަލްވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. ފުލުހުން ގެންދަވަނީ އެއްމައްސަލަ ބައްލަވަމުންނެވެ. އެހެންނަމަވެސް އެހާދިސާއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.