English Edition
Dhivehi Edition

މުހައްމަދު ޖަޒްލާން ޖަލީލް އެކްސިޑެންޓްވީ ދުއްވާފައިދިޔަ ސައިކަލް ކަހާލައިގެން ވެއްޓި ނޫންކަމަށް އޭނާގެ ބައެއް އެކުވެރިން ތުހުމަތުކޮށްފިއެވެ

ޖަޒްލާންގެ ރަހްމަތްތެރިއަކު ފޭސްބުކްގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހާދިސާ ހިނގާފައިވާ ސަރަހައްދުން ފެނުނު އެއްޗެއްސާ އަދިވެސް އެހެންކަންތަކަށް ބަލާއިރު ޖަލްޒާން ސްޕީޑް ބަމްޕަރު މަތިން ކަހާލީކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ޖަޒްލާންގެ އެކްސިޑެންޓުގައި އެހެން ބައެއްގެ އިހުމާލުވާކަމަށް އޭނާގެ ރަހްމަތްތެރިން ތުހުމަތުކޮށްފައިވާއިރު، މި މައްސަލައިގައި ރަގަޅު ތަހުގީގެއް ކުރިއަށް ގެންދިއުމަށް އޭނާގެ އެކުވެރިންވަނީ ކަމާއި ބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

މީގެ އިތުރުން އެ ލިޔުމުގައި ބުނެފައިވަނީ ކޮންމެ މީހެއްގެ އިހުމާލުން މިކަން ހިނގިނަމަވެސް ގެއްލިގެން އެ ދިޔައީ މީހެއްގެ ދަރިއެއްކަމަށާއި އެތައް ބައެއްގެ ރައްޓެއްސެއްކަމަށެވެ

އިއްޔެރޭ ޅ. އޮޅުވެލިފުށި، ހުވަނދުމާގެ، ޖަޒްލާން 18، މަރުވީ ހުޅުމާލޭ ފިތުރޯނު މަގުގައި، ލަގްޒަރީ ފްލެޓްތަކެއް އިމާރާތްކުރާ ސައިޓަކުން ފެން ބޭރުކުރަން މަގު ހުރަސްކޮށް އަޅާފައިވާ ހޮޅިތައް ފޮރުވަން ސިމެންތިން އުސްކޮށް ހަދާފައި އޮތް ބަމްޕަރެއްގެ މަތިން ކައްސާލައިގެންކަމަށް މަންޒަރު ދުށް ފަރާތްތަކުން ވަނީ ބުނެފައެވެ