English Edition
Dhivehi Edition
ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުދިންނާއި މީހުން އުނގޫފާރަށް ގެންދިޔުން -- ފޮޓޯ/ ފައިނު އޮންލައިން

ރ. ފައިނުގައި 18 އަހަރުން ދަށުގެ ދެ ކުދިން ދުއްވި ސައިކަލެއް، އެ ރަށުގެ ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 7.30 އެހާކަންހާއިރު ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި 18 އަހަރު ނުފުރޭ ކުއްޖަކު ދުއްވި ސައިކަލަކުން މަގުމަތީގައި ކަސްރަތު ކުރަން ތިބި ބައެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ވެފައިވާ މައްސަލައަށް 8.23 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ދެ ކުދިންނާއި ޓީޗަރަށްވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އެ މީހުންވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ ހާދިސާގައި ދެ ކުދިންގެ އިތުރުން ސީރިއަސް އަނިޔާތައް ލިބުނީ 49 އަހަރުގެ މީހަކަށް ކަމަށް ފުލުހުން ފާހަގަކުރިއެވެ. އަދި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ޓޯކޮށް މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެއެވެ.