English Edition
Dhivehi Edition
މެޑަމް ފާތުމަތު އިބްރާހިމް އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުން ސިޓީގެ ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިފައެވެ. އެ ބައްދަލުވުމުގައި އައްޑޫ ރައްޔިތުން ހާލަތު ވަރަށް ގާތުން އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.

މި ބައްދަލުވުމަށް ފަހު އައިބީ ވިދާޅުވީ އައްޑޫ ސިޓީ ރައްޔިތުންނާއި އާއި އެކު މެޑަމް ފާތުމަތު އިބްރާޙިމް ބޭއްވީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

” އައްޑޫ ރައްޔިތުންނަށް މިކަމުން ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ. މެޑަމް ފާތުމަތު އިބްރާހިމް އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުން ސިޓީގެ ރައްޔިތުން ތިބީ ވަރަށް އުފަލުން. މި ރަސްމިއްޔާތުގައި އެކަނިވެސް 230 އަށް ވުރެ ގިނަ އައްޑޫ ރައްޔިތުން ޕީޕީއެމް އާއި ވަނީ ގުޅިފައި” އައިބީ ވިދާޅުވިއެވެ.

މެޑަމް ފާތުމަތު އިބްރާހިމްއާއި ބައްދަލުކުރައްވާއި އެކަމުގެ އުފަލުގައި ތިބި އައްޑޫ ސިޓީ ރައްޔިތުން ބުނި ގޮތުގައި މެޑަމް ފާތުމަތު އިބްރާހިމް އަކީ ރައްޔިތުންނަށް ހެޔޮ އެދޭ މަހާރެހެންދިއެއް ކަމަށާއި، އެކަމަނާއަކީ ދިވެހި ތާރީހުގައިވެސް ނުދެކޭ ފަދަ މަހާރެހެންދިއެއް ކަމަށެވެ.

މެޑަމް ފާތުން އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، މީގެ ކުރިން ވަނީ މެޑަމް ފާތުން ވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާއިވެސް ބައްދަލު ކުރައްވާފައެވެ.
އެގޮތުން އެކި އަވަށްތަކުގެ ގޭގެއަށް އެކަމަނާ ޒިޔާރަތް ކުރައްވާފައިވެއެވެ.