މިނިވަން ކަޕް 2018 ގައި ދެކުނު އެފްސީ އާއި ރިސޯޓް ބޮއިސް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ރިސޯޓް ބޮއިސް ކާމިޔާބުކޮށްފިއެވެ
ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުން ރިސޯޓް ބޮއިސް ފައްސޭހަކަމާއެކު މޮޅުވެފައިވަނީ 13 ލަނޑު 05 ލަނޑުންނެވެ.މި މެޗުގެ ފުރަތަމަ ހާފްގެ ހަތް މިނިޓްތެރޭ ރިސޯޓް ބޮއިސްގެ ޔާއްޓޭ އެ ޓީމަށް ހަތަރު ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ރިސޯޓް ބޮއިސްގެ ލިޔާހު ޖެހި ހަތަރު ގޯލާއެކު އެ ޓީމުންވަނީ ފުރަތަމަ ހާފްގައި ބޮޑު ލީޑެއް ނަގާފައެވެ
މެޗުގެ ދެވަނަ ހާފްގެ ފުރަތަަމަ ހަތަރު މިނިޓް ތެރޭގައި ރިސޯޓް ބޮއިސް އިން ދެ ލަނޑުޖަހާފައިވާއިރު ދެކުނު އެފްސީ އިން ލަނޑެއް ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެެެވެ. މި މެޗުގައި ދެކުނު އެފްސީގެ ފުރަތަމަ ލަނޑު މީޒާދު ޖަހައިދިން އިރު ދެވަނަ ލަނޑަކީ މެޗުގެ ހަތާވީސްވަނަ މިނިޓްގައި ޝުޖުއާން ކާމިޔާބުކޮށްދިން ލަނޑެކެވެ.މެޗުގެ ނަވީވީސްވަނަ މިނިޓްގައި ރިސޯޓް ބޮއިސްއިންވަނީ އެ ޓީމްގެ އެގާރަވަނަ ލަނޑު ކާމިޔާބުކޮށް ބޮޑު ލީޑެއް ނަގާފައެވެ
ދެކުނު އެފްސީ އިން ރިސޯޓް ބޮއިސް ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ދެކުނު އެފްސީގެ ތިންވަނަ ލަނޑު ޝުޖުއާން ކާމިޔާބުކޮށްދިން އިރު މީސަން އައި ފަޓޭވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.މި މެޗުގެ އެންމެ ފަހު ތިން މިނިޓްތެރޭ ރިސޯޓް ބޮއިސްގެ ލިޔާހު އާއި ޝުހާން ޖެހައިދިން ލަނޑާއެކު އެ ޓީމުންވަނީ ފައްސޭހަކަމާއެކު ދެކުނު އެފްސީ ބަލިކޮށްފައެވެ
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިސޯޓް ބޮއިސްގެ ލިޔާހުއެވެ
މި މުބާރާތުގެ މިރޭ ކުޅޭ ފުރަތަމަ މެޗުގައި ޑީކޭ ސްޕޯޓްސް އާއި ތައްލިހި އެފްސީ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ގުރޫޕް ސްޓޭޖްގެ ކުޅޭ ފަހު މެޗުގައި ބައްދަލުކުރަނީ ވެމްކޯ އާއި އެއިލެންޑް އެފްސީއެވެ
މި މުބާރާތުގައި 20ޖުލައިގެ ނިޔަލަށް ގުރޫޕްއޭގެ އެއްވަނަ ޓީމްގެ ގޮތުގައި 09 ވަނަ ޕޮއިންޓާއެކު ޑީކޭ އޮތްއިރު ގުރޫޕް ބީގެ އެއްވަނަ ޓީމަކީ ރިސޯޓް ބޮއިސްއެވެ.