English Edition
Dhivehi Edition
ޕީޕީއެމްގެ ޖަލްސާގައި ރީކޯ މޫސަ ވާހަކަދައްކަވަނީ: ފޮޓޯ ޗެނަލް13

ރާއްޖޭގެ ރަށްރަށުގައި ގެސްޓް ހައުސް އެޅުމުގެ ސިޔާސަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަސައްކަތެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ މޫސަ ވިދާޅުވީ އެއީ އެމްޑީޕީގެ ސިޔާސަތުގެ މަސައްކަތެއް ނޫންކަމަށާ، އެކަމުގައި އޭރު ޓްރޭޑް މިނިސްޓަރަކަށް ހުންނެވި ރައީސް ޔާމީންގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.

ކުރިން ރާއްޖޭގެ އެއްވެސް ރަށެއްގައި ގެސްޓް ހައުސް އެޅުމުގެ ހުއްދަ ޤާނޫނުގައި ނެތްއިރު، ގެސްޓް ހައުސްގެ ސިޔާސަތު އެކުލެވޭ ޤަރާރެއް 2006 ވަނަ އަހަރުގެ މަޖިލީހަށް ހުށަހެޅުމުން ގިނަ ގޮންޖެހުން ތަކެއް އަންނާނެ ކަމަށް ބަލާ، ފާސް ނުކުރަން ބޭރުކޮށްލާފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ..

“ނަމަވެސް ދެވަނަ ފަހަރަށް އެހެން މެމްބަރުން ބައިވެރިކޮށްގެން އަނެއްކާވެސް އެ ޤަރާރު މަޖިލީހަށް ހުށަހަޅާ، ފާސްކޮށްފައި އެވަނީ. އެއީ އެމްޑީޕީގެ ސިޔާސަތުގެ މަސައްކަތެއް ނޫން. އެކަމުގައި އޭރު ޓްރޭޑް މިނިސްޓަރަކަށް ހުންނެވި ރައީސް ޔާމީންގެ ހިއްސާ ވަރަށް ބޮޑު” މޫސަ ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެ ޤަރާރު ފާސް ކުރެވިގެން އެއަށް އަމަލު ނުކުރެވި އޮތުމުން، އެ ޤަރާރަށް ޤަވާއިދުތަކެއް އުފައްދަން ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށެވެ.