English Edition
Dhivehi Edition
Photo: Alifushi Online

ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގައި ހުރި އާންމުންގެ ޒާތީ މައުލޫމާތުތައް ވެރިކަން ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ހޯދާފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ

ޕީޕީއެމްގެ ކެމްޕެއިނުގައި އިސްކޮށް އުޅުއްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑައިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި އައިޑީ ކާޑު އާ ކުރުމަށް ގޮވާލަމުން ދިޔަ ނަމަވެސް ވަކި މީހެއްގެ މައުލޫމާތު އެނގިގެން އެ މީހަކަށް ކެމްޕެއިނުގެ ފަރާތުން ނުގުޅާނެ ކަމަށެވެ.މީގެ އިތުރުން އަދްލީ ވިދާޅުވީ އައިޑީ ކާޑު އާ ކުރުމަށްއެ ޕާޓީން ކެމްޕެއިން ކުރަމުން ދާކަމަށާއި ސޯޝަލް މީޑިޔާގައި ވެސް މި ވާހަކަދައްކަމުންދާކަމަށާއި މި ކެމްޕެއިންގެ ދަށުން މީހުންނަށް ގުޅައި މުއްދަތު ހަމަވެފައިވާ ނަމަ އައިޑީ ކާޑު އާ ކުރުމަށް ހަނދާންކޮށްދެމުންދާކަމަށެވެ

ޕީޕީއެމްގެ ފޯން ކޯލްތައް ލިބިފައިވާ ބައެއް މީހުން ބުނެފައި ވަނީ ޕާޓީން ވާހަކަ ދައްކާފައި ވަނީ އައިޑީ ކާޑުގެ މައުލޫމާތު އެނގިގެން ވާހަކަ ދައްކާ ފަދަ މޭރުމަކުން ކަމަށެވެ.ޕީޕީއެމުން ޑީއެންއާރުގެ ޑޭޓާ ބޭސް ހޯދި ކަމަށް ތުހުމަތު ކޮށް ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއިޑީ ކާޑު މުއްދަތު ހަމަވާން ކައިރިވެފައިވާ ކަމަށް ބުނެ ގުޅި ކުއްޖާކައިރިން މިހާރު ޕީޕީއެމުންހޭ އައިޑީ ކާޑު ހަދައިދެނީ ސުވާލުކުރިމަށެވެ.