English Edition
Dhivehi Edition

އައިސް ކްރީމް އަކީ ކާލަން މީރު އެންމެންނަށް ވެސް ވަރަށް ކަމުދާ އެއްޗެކެވެ. އަދި ޙާއްސަކޮށް ކުޑަކުދިންގެ ތެރޭގައި އައިސްކްރީމަށް ދެވިހިފާފައިވާ ކުދިން ގިނައެވެ. އެހެންނަމަވެސް މައިންބަފައިގެ ހައިސިއްޔަތުން އައިސްކްރީމް ކުދިންނަށް ދިނުމާއި މެދު ކޮންމެވެސް ވަރަކަށް ވިސްނާލަން ޖެހެއެވެ.

އައިސްކްރީމަކީ ހަމައެކަނި ހަށިގަނޑަށް ގެއްލުން ހުރި އެއްޗެކޭ ބުނެ ނިންމާލެވޭކަށް ނެތެވެ. ނަމަވެސް އެއިން ލިބޭ ގެއްލުން ކުޑައެއް ނޫނެވެ. އައިސްކްރީމް ގިނައިން ކެއުމުގެ ސަބަބުން އެންމެ ގިނައިން ދިމާވާ މައްސަލަ އަކީ މީހާގެ ބަރުދަން އިތުރުވުމެވެ. ސިއްޙީ މާހިރެއްކަމަށްވާ އެންޑވިން ކްލާކް ބުނެފައިވާ ގޮތުގައި އައިސްކްރީމް ތައްޓަކުން އާއްމުކޮށް 1000 ކެލަރީ ލިބޭކަމަށާއި، އެއީ ދުވާލަކަށް އިންސާނާއަށް ބޭނުންވާ މިންވަރަށްވުރެ 2 ގުނަ އިތުރު އަދެދެއް ކަމަށެވެ. މީގެ ސަބަބުން ހަށިގަނޑު މަސްތައް އިތުރަށް ފަލަވެ ޙާއްސަކޮށް ބަނޑުގެ މަސްތައް ފަލަވާކަމަށް ބުނެފައި ވެއެވެ.

ގެއްލުންތައްކުގެ އިތުރުން އައިސްކްރީމަކީ ގިނަ ފައިދާތަކެއް ވެސް ލިބިދޭ އެއްޗެކެވެ. އެގޮތުން ހަށިގަނޑުގެ ހަކުރުގެ މިންވަރު އެއްމިނެއްގައި ދެމެހެއްޓުމާއި، ލޭގެ ޕްރެޝަރު އެއްމިނެއްގައި ދެމެހެއްޓުމަށް އައިސްކްރީމް އެހީވެދެއެވެ. ސަބަބަކީ އައިސްކްރީމުގައި ރަނގަޅު މިންވަރަކަށް ކެލްސިއަމް އާއި ޕޮޓޭސިއަމް އާއި މެގްނީޒިއަމް އެކުލެވޭތީ އެވެ.

ހަމަ މިއާއި އެކު އައިސްކްރީމަކީ ވަރަށް ގިނަ މީހުންނަށް ހިނިތުންވުން ގެނުވައިދޭ އެއްޗެކެވެ. އަދި އުފާވެރިކަމަށް މަގުފަހިކޮށްދޭ އެއްޗެއް ވެސްމެވެ. އެހެންކަމުން ދެމީހަކު ހިތްހަމަނުޖެހިވާ ވަގުތުގައި އައިސްކްރީމް ބޯލުމުން ވަރަށް އަވަހަށް ރުޅިވެރިކަން ނެތިގެންދާކަމަށް ބައެއް މީހުން ބުނެއެވެ. މީގެ އިތުރުން އައިސްކްރީމްގެ ސަބަބުން ހަށިގަނޑުގެ މަސްތައް ވަރުގަދަ ވާވާހަކަ އަކީވެސް އާދަޔާ ހިލާފް ވަހަކައެވެ. ސެލެބްރިޓީއެއްކަމަށްވާ ކާޑިއްލޯ ބުނެފައިވާ ގޮތުގައި ކަސްރަތު ކުރުމުގެ ދެގަޑި އިރު ކުރިން އައިސްކްރީމް ކެއުމަކީ އޭނާގެ އާދައެކަމަށެވެ. އޭގެ ސަބަބުން ވަރުބަލިވުން ކުޑަވެ އަވަހަށް މަސްތައް ވަރުގަދަވާކަމަށެވެ. އަދި ހަމައެއާއި އެކު ކަށިތައް ވެސް ވަރަށް އަވަހަށް ވަރުގަދަކޮށްދޭ އެއްޗެއްގެ ގޮތުގައި އައިސްކްރީމް ބެލެވިފައި ވެއެވެ.

އައިސްކްރީމްގެ ފައިދާގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އޭގެ ގެއްލުންތަކުގެ ވާހަކަތައްވެސް ދައްކަން ޖެހެއެވެ. ސަބަބަކީ އެއަކީ އެންމެ ނުރައްކާތެރި ބަލިއެއްކަމަށްވާ ހިތުގެ އެކި އެކި ބަލިތައް ޖެހުމަށް އޮތް މަގަކަށް ވާތީ އެވެ. އައިސްކްރީމްގައި ގިނަ އަދަދަކަށް ފެޓްސް ހުރުމަކީ ސިއްޙީ ނަޒަރަކުން ބަލާއިރު ކަންބޮޑުވާންޖެހޭ ކަމެކެވެ. މީގެ އިތުރުން ގިނަ އަދަދަކަށް ފެޓްސް ކެއުމަކީ ސިކުނޑިއަށް އަސަރުކޮށް ހަނދާންބަލިވާ ކަމެއްކަމަށް ވެސް ވެއެވެ.

އައިސްކަރީމްގެ ސަބަބުން ހަށިގަނޑު ލޮޑުކޮށް ވަރުބަލިވާ ވާހަކަ އަކީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން އިވޭ އަޑެކެވެ. ސަބަބަކީ އައިސްކްރީމްގައި ގިނަ އަދަދަކަށް ހަކުރު ހިމަނާފައި ހުންނާތީއެވެ. މީގެ އިތުރުން އަސްކްރީމް އާންމުކޮށް ކާން ފެށުމުން އެއަށް ދެވިހިފާ ކަމަކީ ވެސް ދިމާވާ ބޮޑު މައްސަލައެކެވެ.

އައިސްކަރީމަކީ މީރު އެއްޗަކަށްވެފައި ފައިދާ ހުރި އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް އެއަކީ ސިއްޙީ ގޮތުން ބަލާއިރު އެންމެ ރަނގަޅު އެއްޗެކޭ ބުނެވޭކަށް ނެތެވެ. އެހެންކަމުން އައިސްކްރީމް ގިނައިން ކެއުމުގެ ކުރިން މިކަންކަމާމެދު ވިސްނާލުން ބުއްދިވެރިއެވެ.