English Edition
Dhivehi Edition
ހއ.ކެލާގެ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މޫސަ ވާހަކަ ދައްކަވަނީ. ފޮޓޯ/ ޗެނަލް13

އެމްޑީޕީއަކީ މުސްތަޤްބަލެއް އޮތް ޕާޓީއެއް ނޫން ކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ،.

ވިދާޅުވެ، އެޕާޓީގެ މެމްބަރުން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ގޮވާލައްވައިފިއެވެ.

ހއ.ކެލާގެ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ، އިދިކޮޅު އެމްޑީޕީ އުފެދުނީއްސުރެ، މަސައްކަތް ކުރަމުން އައީ 30 އަހަރުގެ ވެރިކަމުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަމުން ކަމަށާއި .
އެޕާޓީގެ ފަލްސަފާއަކަށްވެސް ވެފައި އޮތީ އެވާހަކަ ދައްކައިގެން ރައްޔިތުންގެ ވިސްނުން ބަދަލު ކުރުން ކަމަށެވެ..

” މިރަށުގައިވެސް ކުރީގައި، އަދި މިހާރުވެސް ތިބި އެމްޑީޕީގެ މެމްބަރުންނަށް ދަންނަވާލަން އޮތީ، ތިޔައީ މުސްތަޤްބަލެއް އޮތް ތަނެއް ނޫނޭ. ވަޑައިގަންނަވާށޭ މިކޮޅަށް” ކެލާގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހިނގާދިޔަ އެފްޕީއައިޑީގެ ކޮރަޕްޝްގެ ވާހަކަ އެމްޑީޕީން، އަޑަށް ބާރުލާފައި ދެއްކި ކަމަށާއި، އެހެންނަމަވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ 3 އަހަރު ފާއިތުވި އިރުވެސް އެމައްސަލަ ތަހްޤީޤް ކޮށްފައިނުވާ ކަމަށެވެ. މީގެ އިތުރުން މައުމޫންގެ ވެރިކަމުގައި ޖަލުގައި މީހުން މެރި ކަމަށްވެސް އެމްޑީޕީން ބުނަމުން ދިޔައިރު، އެމައްސަލަތައް ނުބެލީ ކީއްވެގެންތޯ މޫސަ ވަނީ ސުވާލު އުފައްދަވާފައެވެ.

ވެރިކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށްފަހު، މިއަދު ކުރީގެ ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އޭރު ބާޣީން ކަމަަށް އެމްޑީޕީން ތުހުމަތު ކުރި މީހުންނާއި އެކީގައި ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ، ނަޝީދު މިއަދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭރު ކަމުނުދިޔަ 30 އަހަރުގެ ވެރިޔާއާއިވެސް އެކީގައި ކަމަށެވެ.

އެމްޑީޕީގެ ތެރެއިން ވެރިކަން ބޭނުންވި ކޮންމެ ބޭފުޅަކަށްވެސް ނަޝީދު ކެހި ދެއްވާފައިވާކަން ފާހަގަ ކުރައްވާ، މޫސަ ވަނީ އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ އިބްރާހީމް މުޙައްމަދު ސޯލިހުއަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. މޫސަ ވިދާޅުވީ ނަޝީދަކީ ކޮން ބޭފުޅެއްކަން ދެނެވަޑައިގެން ހުންނަވާ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވީ، ރައްޔިތުންނަށްޓަކައި، ސަރުކާރަކުން ކޮށްދޭން ޖެހޭ ކަންކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކޮށްދެއްވަމުން އަންނަ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރާއި ގުޅިވަޑައިގެން މޫސަ މަސައްކަތް ކުރައްވަނީ އެސަބަބާ ހުރެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.