ވިމެންއިން މެނޭޖްމަންޓުގެ ފަރާތުން ދޭ ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއަރ އެވޯޑްސްގެ މެރިޓް އެވޯޑު ރާއްޖޭގެ ނުވަ ކަނބަލަކަށް ދެއްވަވައިފިއެވެ.
ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއަރ އެވޯޑްސްއަކީ އަވައްޓެރި ސްރިލަންކާގައި ދޭ އެންމެ ވާދަވެރި އެއް އެވޯޑެވެ. ޕްރޮފެޝަނަލް ވިމެން އެންޑް ކެރިއަރ އެވޯޑްސް މޯލްޑިވްސް 2018 ގެ ނަމުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި މި އެވޯޑް ދީފައިވަނީ ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްއިންނެވެ.
މިއެވޯޑަކީ މުޖުތަމަޢުގެ ލާބަޔަށް މަސައްކަތްކޮށްފައިވާ އަންހެނުންނަށާއި، ޤައުމަށް ރީތިނަން ހޯދައިދީފައިވާ އަންހެނުންނަށް ދޭ އެވޯޑެކެވެ. އެކި ދާއިރާތަކުން މިއެވޯޑް ޙާސިލްކޮށްފައިވާ މީހުންނަށް އެވޯޑް ޙަވާލުކުރީ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައެވެ. ރާއްޖެއަށް އަލަށް ތަޢާރަފްކޮށްފައިވާ މިއެވޯޑް ދީފައިވަނީ ތިން ދާއިރާއަކުންނެވެ. އެއީ މެރިޓް އެވޯޑާއި ރިކޮގްނިޝަން އެވޯޑާއި ގޯލްޑް އެވޯޑެވެ.

މިއަހަރުގެ އެވޯޑު ހަފްލާގައި މެރިޓް އެވޯޑް ދީފައިވަނީ 6 ދާއިރާއަކުންނެވެ. އެއީ ވިޔަފާރީގެ ދާއިރާއިންނާއި އެންޓްރަޕްރެނިއަރޝިޕްގެ ދާއިރާއިންނާއި ޓްރެވަލް އެންޑް ޓޫރިޒަމްގެ ދާއިރާއާއި ތައުލީމީ ދާއިރާގެ އިތުރުން މުޖުތަމައަށް ޚިދުމަތްކުރުމުގެ ރޮނގުންނާއި މީޑިއާއިންނެވެ.
ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއަރ އެވޯޑްސްގެ މެރިޓް އެވޯޑު ލިބިލެއްވެވި ފަރާތްތައް:
ވިޔަފާރީގެ ދާއިރާ:
އިޝާނާ ވަލީދު ( ޑިރެކްޓަރ ބިސްނަސް ޑިވެލޮޕްމަންޓް ސިންފަނީ މޯލްޑިވްސް)

މަރިޔަމް ވަސީމާ ( މެނޭޖިން ޑިރެކްޓަރ ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑް)
އެންޓްރަޕްރެނިއަރޝިޕްގެ ދާއިރާއިން:
އާމިނަތު ލީލާ( މެނޭޖިން ޑިރެކްޓަރ، ކޭކްސް އެންޑް ބޭކްސް)

އައިޝަތު އިބްރާހިމް (ފައުންޑަރ އައިޝް ސެލޫން)

ޓްރެވަލް އެންޑް ޓޫރިޒަމްގެ ދާއިރާ:

ތައުލީމީ ދާއިރާ:

މުޖުތަމައަށް ޚިދުމަތްކުރުމުގެ ދާއިރާ:

މީޑިއާގެ ދާއިރާ:
ޝިމްލާ އަޙްމަދު (އޭއޯ ނިއުސް ސީއީއޯ އަދި ޗީފް އެޑިޓަރ)

ވިމެންއިން މެނޭޖްމަންޓުން އަރުވާ ޕްރޮފެޝަނަލް ވުމަން އެންޑް ކެރިއަރއެވޯޑުގެ ވުމެން އޮފް ދަ ޔިއާރ އެވޯޑު އަރުވާފައިވަނީ ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަށެވެ.

ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސްގެ ރައީސާ މިންހާ ފާއިޒު ރަޝާދު ވިދާޅުވީ މިއެވޯޑަކީ ރާއްޖެއަށް އަލަށް ތަޢާރަފްވި އެވޯޑެއްނަމަވެސް މިއެވޯޑްގެ މުސަތަޤުބަލު އުޖާލާކަމަށެވެ. މިއެވޯޑް ލިބުނު ފަރާތްތަކުގެ މެދުގައި އިތުރު ކަންތައް ތަކަކަށް ބެލުމަށް ފަހު ނޮމިނޭޓްވާ 5 ފަރާތަކަށް ސްރީލަންކާގައި ބާއްވާ ޕްރޮފެޝަނަލް ވުމެން އެންޑް ކެރިއަރ އެވޯޑްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މިންހާ ވިދާޅުވިއެވެ. އަދި ޢާއްމުކޮށް ނުފެންނަ ކާމިޔާބު މޫނުތަކުގެ އަގުވަޒަންކުރުމަކީ މިއެވޯޑުގެ މަގުސަދެއްކަމަށްވެސް ވިމް އިން ބުނެއެވެ.