English Edition
Dhivehi Edition

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކުސަމިޓާ ދިމާކޮށް ހިތަދޫގައި ހަދާފައިވާ ސިޓީ ސްކެއާގައި ހުރި ދިދަ ދަނޑި ނަގައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ދިދަ ދަނޑި ނަގާފައިވަނީ އެދަނޑި ހަރުކުރުމަށް ޖަހާފައިވާ ބޯލްޓުގައި ދަބަރު ޖަހައި ފީވެފައިވާތީ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން، ކެރޭނާއި ބައެއް ވެހިކަލް ބޭނުންކޮށްގެން ދިދަ ދަނޑި ނެގުމުގެ މަސައްކަތް ރޭ ކުރިއަށް ގެންދިޔަ ވަގުތު އެމްޑީޕީއަށް ނިސްބަތް ވާ ފަރާތްތަކުން ވަނީ އެސަރަހައްދަށް އެއްވެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުވަނީ އެތަނަށް ގޮސް އެ ދިދަ ދަނޑި ނަގާތީ އެކަމާ ހިތް ހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ސާކްސަމިޓާ ދިމާކޮށް ހެދި މި ސްކެއާގައި ނަގާފައިވާ ދިދަ ވީދި ހަލާކުވެފައިވާތީ އަލުން އާ ދިދައެއް ތައްޔާރުކުރެވެން ދެން ކަމަށް ބުނެ ދިދަބާލައި ދަނޑި ހުސްކޮށް ހުންނަތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ސަރަހައްދުގައި ޕާކެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ.