މާލެ އަތޮޅު ވާދޫ ކައިރިން ދޯންޏެއް އަޑިއަށް ދާތީ އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ހަރަކާއްތެރިވަމުން އެބަދެއެވެ
އެމްއެންޑީއެފްގެ ކޯސްަޓް ގާޑަށް މިއަދު ހެނދުނު މި ހަބަރު ލިބިފައިވަނީ 9:34 ގައެވެ.ހަބަރު ލިބުމުން ވަގުތުން ކޯސްޓް ގާޑްއިން ވަނީ މި ހާދިސާ ހިނގި ދިމާލަށް އެމްއެންޑީއެފްގެ އުޅަނދެއް ފޮނުވާފައެވެ.
ވޭކަން ނަމަކަށް ކިޔާ މި ދޯންޔަކީ ވެލި ބަރުކޮށްގެން ދަތުރުކުރާ ދޯންޔެއް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.މިއީ 13 މީޓަރުގެ ދޯންޔެކެވެ.އަދި ދޯނީގައި 6 މީހުން ތިބި ކަމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑްއިން މައުލޫމާތު ދެއެވެ.