އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫއަށާއި ފޯއްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެއަށް ފުރާ ވަޑައިގެންފިއެވެ
މިމަހުގެ 13 ވަނަދުވަހު އައްޑޫއަށް ވަޑައިގެން އައްޑޫސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ އަޑު އެމަނިކުފާނު އައްސަވާފައިވެއެވެ.13 ވަނަ ދުވަހުގެރޭ ހިތަދޫ އެމްޑީޕީ ކެމްޕެއިން ހަރުގޭގައިކެމްޕެއިން ލީޑަރުންނާ ބައްދަލު ކުރެއްވާ އިންތިހާބާއި ގުޅޭ ކަންކަމުގައި އިބޫ ވަނީ އެމްޑީޕީ މެމްބަރުންނާއި މަޝްވަރާކޮށްފައެވެ.
އިބޫގެ މި ދަތުރުގައި ގުޅިފައިވާ އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގަތީ 14 ވަނަ ދުވަހުގެ ހެނދުނުގައެވެ. އިބޫ އާއި ފައިސަލް 14 ވަނަ ދުވަހު ހެނދުނު މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެ ދުވަހު ވަނީ ހުޅުމީދޫ އެމްޑީޕީ މެމްބަރުންނާ ވެސް ބައްދަލު ކުރައްވާފައެވެ. މި ގޮތުން އިބޫ މީދޫ އަށް ކުރެއްވި ދަތުރުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕަ އާއި ވަނީ ބައްދަލުކުރައްވާފައެވެ.
އިބޫގެ މި ދަތުރުގައި އައްޑޫ އަތޮޅުގެ ހުރިހާ އަވަށަކަށް ވަޑައިގެންފައިވާއިރު، އިބޫވަނީ މަރަދޫއަށް ވަޑައިގެން މަރަދޫ އެމްޑީޕީ ކެމްޕެއިން ޖަގަހަ ހުޅުއްވައި ދެއްވާފައެވެ.
އެމްޑީޕީގެ ކެމްޕެއިން ދަތުރުގައި ފޯއްމުލަކު ރައްޔަތުންނާއި ބަދަލުކޮށް ކެމްޕެއިން ކުރިއަށްދާ ގޮތް އިބޫ ވަނީ ބައްލަވާފައެވެ