މިނިވަންކަޕް 2018 ގެ ގުރުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ރޭ ހުޅުދޫ ޔޫތްސެންޓަރގައި ބޭއްވި މި ރަސްމިއްޔާތުގައި ޓީމުތަކުގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
16 ޖުލައިގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު 108 ކުޅުންތެރިން ބައިވެރިވެފައި ވާއިރު 9 ޓީމް ހިމެނެއެވެ. އެއީ ތައްލިހި އެފްސީ، ޑީކޭ ސްޕޯޓްސް، ދެކުނު އެފްސީ، ޒެލޮން،ގައުމު އެފްސީ،އެއިލެންޑް އެފްސީ، ކެނަރީފް އެފްސީ،ރެސޯރޓް ބޯއިސް ޔުނައިޓެޑް، ކްލަބް ވެމްކޯ އެވެ.
މިއަހަރުގެ މުބާރާތުގައި 9 ޓީމު ބައިވެރިވެފައިވާއިރު މުބާރާތުގެ ގުރޫޕް އޭ ގައި ފަސްޓީމް ހިމެނެއެވެ. އެއީ ތައްލިހި އެފްސީ، އެއިލްންޑް އެފްސީ ،ގައުމު އެފްސީ،ޑީކޭ ސްޕޯރޓްސް ކްލަބް އަދި ވެމްކޯއެވެ. އަދި ގްރޫޕް ބީގައި ހިމެނޭ ހަތަރު ޓީމަކީ ކެނަރީފް، ދެކުނު އެފްސީ، ޒެލޮން އަދި ރެސޯރޓް ބޯއިސް އެވެ.
16 ވަނަދުވަހު ހަވީރު 17:00 ގައި މިމުބާރާތުގެ ކިކްއޮފް އޮންނާނެއެވެ. ހަވީރުކުޅޭ މެޗްގައި ބައްދަލު ކުރާނީ ތައްލިހި އެފްސީ އަދި އެއިލެންޑް އެފްސީ އެވެ. އަދި ރޭގަނޑު 8 ޖަހާއިރު ފެށޭ ރަސްމިއްޔާތު ނިންމުމަށްފަހު ދެވަނަ މެޗްގައި ބައްދަލު ކުރާނީ ގައުމު އެފްސީ އަދި ޑީކޭ ސްޕޯރޓްސް އެވެ.
ކޮންމެ ދުވަހަކު ހަވީރު އެއް މެޗު ، ރޭގަނޑު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފައިނަލް އޮންނާނީ 25 ޖުލައި 2018 ގައެވެ. ޖުމްލަ 120 ކުޅުންތެރިންނާއެކު ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތެވެ
. މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 30000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށްވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ.
މި އަހަރުގެ މުބާރާތުގެ ސޮޕޮންސަރުންނަކީ މިނިސްޓްރީ އޮފް ޔޫތްއެންޑް ސްޕޯރޓްސް، އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ޝާހިދު، އައިލެންޑް އެކްސްޕްރެސް، ހުޅުދޫވިޔަފާރިވެރިން ގެ އިތުރުން ހުޅުދޫ ޒުވާނުންނެވެ. އަދި މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.