އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކްޖޯނަސް އާއި ޕްރިޔަންކާ އިންޑިއާ އަށް ކުރި ދަތުރަކީ ނިކް އަށް ކުރެވުނު ތަފާތު ތަޖުރިބާއެއް ކަމަށް ޕްރިޔަންކާ ބުނެފިއެވެ.
މި ދެތަރިން އިންޑިއާއަށް ދިޔަ ދަތުރު ނިކް އަށް އާތަޖުރިބާއަކަށް ވީ ސައުތް އޭޝިއާގެ ގައުމަކަށް ގޮސް އެތަނުގެ ސަގާފަތާއެއްގޮތަށް އުޅެލަން ޖެހުން މާއި ތަފާތު ގައުމެއްގައި ދުވަސްކޮޅެއްވަންދެން އުޅެން ފުރުސަތު ލިބުމުން ކަމަށް ޕްރިޔަންކާ ބުންޏެވެ. އަދި ފަތުރުވެރިންގެ މަގްބޫލު ސްޓޭޓެއް ކަމަށްވާ ގޯއާ އަށް ގޮސްހޭދަކުރި ޗުއްޓީ ދުވަސްތައްވެސް ނިކް އަށް އާތަޖުރިބާ އަކަށްވަނީ ވެފައިކަމަށްވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.
އުމުރުން 35 އަހަރުގެ ބޮލީވިޑްގެ ބަތަލާ ޕްރިޔަންކާއާއި އުމުރުން 25 އަހަރުގެ ލަވަކިޔުނތެރިޔާ ނިކް އާ ލޯބީގެ ގޮތުންގެން އުޅޭކަމަށް އަޑުފެތުރި ފައިވަނިކޮށް މިހާރު މިދެތަރިން އެއްކޮށް އެކި ގައުމުތަކަށް ގޮސް އުޅެމުންދާތީ ގުޅުމަކީ ހަގީގަތެއްކަމަށް ޔަގީންވާކަމަށް ބޭރުގެ ބައެއްނޫސްތަކުގައި ބުނެފައިވެއެވެ.
ބޭރުގެ ބައެއް ހަބަރުތަކުގައި ބުނެފައިވަނީ ޕްރިޔަންކާއާއި ނިކްގެ ގުޅުމަކީ ވަރަށް ހީނަރުވެފައިވަ ގުޅުމެއްކަމަށާއި ހާއްސަކޮސް ޕްރިޔަންކާ ނިކްގެ އާއިލާއާއި އެކު އުޅޭވަގުތުތަށް ގިނަވެ މިދެތަރިން އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަސްކުރަމަުން ދާކަމުގެ ހެކި ފެންނަމުންދާ ކަމަށެވެ. ހަބަރުތައް ބުނާގޮތުގައި ނިކް އުޅެމުންދަނީ ނިއުޔޯކްގައި ހުންނަ ޕްރިޔަންކާގެ އެޕާޓްމެންޓްގައެވެ.
ޕްރިޔަންކާ އާއި ނިކްގެ ގުޅުން އިތުރަށް ބަދަހިވަމުން މިދަނޑިވަޅުގައި ދެމީހުން އެންގޭޖްވާން އުޅޭކަމުގެ އަޑުތައް ވެސް މިހާރު މިވަނީ ފެތުރިފައެވެ. އެގޮތުން މިމަހު މަހުގެ ފަހުކޮޅު ނުވަތަ އޯގަސްޓް މަހުގެ ކުރީކޮޅު ޕްރިޔަންކާ އާއި ނިކް އެންގޭޖް ވާނެކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް ދެމީހުން އެންގޭޖްވަނީ އިންޑިއާގައި ކަމެއް ނުވަތަ ނޫންކަމެއް އަދި އެނގިފައެއް ނުވެއެވެ.