English Edition
Dhivehi Edition
ނަލަފެހި ޖަމިއްޔާ އަދި މިފްކޯ ހުޅުމީދޫސައިޓްގެ އިސްފަރާތް ތަކުން ގަސްއިންދަނީ--- ފޮޓޯ: ލުބްނާ މަޖީދް މުހްތާރު/ އޭއޯ ނިއުސް

ސ.މީދޫ ޖަމިއްޔާ އެއްކަމަށްވާ ނަލަފެހި ޖަމިއްޔާއިން އިއްޔެ މިފްކޯހުޅުމީދޫ ސައިޓްގައި ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ގަސްއިންދުމުގެ މި ޕްރޮގްރާމަކީ މިފްކޯ ހުޅުމީދޫ ސައިޓްގެ ބޭފުޅުންގެ އެދިލެއްވުމުގެ މަތިން ނަލަފެހި ޖަމިއްޔާއިން ކުރިއަށްގެންދިޔަ އިވެންޓެކެވެ. އިއްޔެގެ ހަވީރު 5 ޖެހި އިރު ނަލަފެހި ޖަމިއްޔާގެ އިސްބޭފުޅުންނާއި ޖަމިއްޔާގައި ހަރަކާތްތެރިވާ ރައްޔިތުން އަދި ހުޅުމީދޫ މިފްކޯގެ ސައިޓްގެ އިސްވެރިންނާއި ސައިޓްގައި މަސައްކަތް ކުރާ ބައެއްމެމްބަރުން ބައިވެރިވެފައިވެއެވެ.

ނަލަފެހި ޖަމިއްޔާއިން “އޭއޯނިއުސް” އަށް މައުލޫމާތު ދެމުން ބުނީ މިއަދުގެ އިވެންޓްގައި އިންދާފައިވަނީ ހަތަރުބާވަތެއްގެ ގަސްކަމަށް ވިޔަސް ކުރިއަށް އޮތްތަނުގައި ތަފާތު އެހެން ވައްތަރުގެ ގަސްތައް އިންދާނެކަމަށެވެ. އަދި މިއަދު އިންދި ބައެއްގަސްތައް ހަދިޔާކޮށްފައިވާތީ ޗޭނުޖަމިއްޔާ އަދި މީދޫގައި އެންމެ ފުޅާކޮށް ދަނޑު ހައްދާ ބޭފުޅެއްކަމަށްވާ ވަހީދު ނަލަފެހިން އަދި މިޕްކޯގެ ސައިޓުން ވަނީ ވަނީ ޝުކުރުއަދާކޮށްފައެވެ.

ނަލަފެހި ޖަމިއްޔާ އަކީ މިހާތަނަށް ރަށުގައި އުފެދުނު އެންމެ ވަރުގަދަ އެއް ޖަމިއްޔާއެވެ. މިޖަމިއްޔާ ގައި ރަށް ސާފުކުރުމާއި، ގަސް އިންދުމުގެ އިތުރުން ރަށުގެ ތަރައްގީއަށް ގިނަގުނަ ކަންތައް ތައް ކުރަމުންދެއެވެ. ނަލަފެހިން ފާހަގަ ކުރާ ގޮތުގައި މި ޖަމްމިއްޔާ އަކީ ރަށުގެ ވަރަށް ގިނަ ބައެއްގެ އެއްބާރުލުން މިކަމުގައި ލިބެމުންދާ މިޖަމިއްޔާ އެކެވެ. ރަށުގެ ރައްޔިތުންގެ އެއްބާރުލުން މި ޖަމްމިއްޔާ އަށް ލިބުމަކީ މިޖަމްމިއްޔާ އުފެއްދި ފަރާތް ތަކަށް ލިބުނު ހިއްވަރެއް ކަމަށް ޖަމިއްޔާގެ އިސްވެރިން އަބަދުވެސް ފާހަގަ ކުރެއެވެ.