އައްޑޫ ސިޓީ ހުޅުދޫ މީދޫގައި އައުޓް ޑޯ ޖިމް ސެޓްތައް ބަހައްޓާ ނިމިއްޖެއެވެ. މީ އައްޑޫ ސީޓީ ކައުންސިލުން ހަރަދުކޮށްގެން މި ސިޓީގެ އަވަށްތަކުގައި ބެހެއްޓާފައިވާ ޖިމް ސެޓްތަކެކެވެ. މީދޫގެ ޖިމްސެޓް މީދޫ ބަނދަރު ސަރަހައްދުގައިވާ ޕާކް ތެރޭގައި ބަހައްޓާފައިވާ އިރު ހުޅުދޫ ޖިމްސެޓް ބަހައްޓާފައިވަނީ ހުޅުދޫ ފުޓްސެލް ދަނޑު ކައރީގައިވާ ކުޅިވަރު އެރީނާ ތެރޭގައެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ޖިމްސެޓް ކުރިން ބަހައްޓާ ނިންމާފައިވާއިރު ހުޅުދޫ މީދޫގައި ދިމާވި އެކިއެކި ސަބަބުތަކާއި ހެދި ޖިމްސެޓް ބެހެއްޓުންވަނީ ލަސްވެފައެވެ. “ކައުންސިލުން މިކޮށްދިނީ އަސްލު ވަރަށް ރަގަޅު މަސައްކަތެއް.ދެން އަދި ދުވާ ޓްރެކަކާއި މި ސަރަހައްދު އަލިވާނެ ގޮތަށް ލައިޓެއް ޖަހާލީމަ ކޮންމެ ގަޑިއެއްގައިވެސް އައިސް ކަސްރަތުކޮށްލެވޭނެ. ” އައުޓް ޑޯ ޖިމްސެޓު ބެހެއްޓިފަހުން ކޮންމެ ދުވަހަކު ކަސްރަތު ކުރަންދާ މީދޫ މީހަކު ބުންޏެވެ. އައްޑޫ ސިޓީގައި ކައުންސިލުން އިސްނަގައިގެން ޖިމްސެޓްތައް ބަހައްޓުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ދުޅަ ހެޔޮ ސިއްހަތެއްގައި ތިބުމަށްޓަކައި ފައްސޭހައިން ކަސްރަތުކޮށްލެވޭނެ މަގު ރައްޔަތުންނަށް ހޯދައިދިނުމެވެ. މިހާރު އައްޑޫ ސިޓީގައި ޖިމްސެޓް ތައް ބަހައްޓަން ހަމަޖެއްސި ހުރިހާ ރަށެށްގައި އެ މަސައްކަތްވަނީ ކޮށް ނިމިފައެވެ.