ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް، ސ.ފޭދޫ، އިނގުރުމާގެ އައްޝައިޚު މުޙައްމަދުދީދީ މިއަދު ޢައްޔަންކުރައްވައިފިއެވެ.
މުހައްމަދު ދީދީއަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އިސްލާމްދީނާއި ދީނުގެ ޝިއާރުތަކާ ދެކޮޅަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެ، މަދަނީ އިއްތިހާދުގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދަވައިގެން ގިނަ ހަރަކާތްތަކެއް އިސްކޮށް ހުރެ ހިންގެވި ބޭފުޅެކެވެ.
ނަމަވެސް މިސަރުކާރު ކޯލިޝަންގެ ތެރޭގައި ކުރިން އޮތް އަދާލަތު ޕާޓީން ސަރުކާރަށް ކުރަމުން ދިޔަ ތާއީދު އަނބުރާ ގެންދިއުމާ ގުޅިގެން އޭނާ ހުންނެވި މަގާމުން އިސްތިއުފާ ދެއްވިއެވެ.