English Edition
Dhivehi Edition
ބަންޑާރަ ނައިބު މުހައްމަދު އަނިލް ' -- ސަން ފޮޓޯ: އަލީ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ މެދު ހަމަހަމަކޮށް އަމަލުކުރުމަށް ދައުލަތުގެ އިދާރާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަންގަވައިފިއެވެ

އެޓާނީ ޖެެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޕާޓީތަކުން އާންމުކުރައްވާފައިވާ ކެންޑިޑޭޓުން، ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެވެންދެން ވެސް، އެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތާއި ސަލާމަތީ ކަންކަން ފޯރުކޮށްދޭން ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކަށް ވަނީ އަންގަވައިފައެވެ

ބަންޑާރަ ނައިބުވަނީ ހައުސިން މިނިސްޓްރީއާއި ހޯމް މިނިސްޓްރީގެ އިތުރުން ފުލުހުންނާއި އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށްދައުލަތުގެ ވަސީލަތްތައް ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއެކު އެ ކެންޑިޑޭޓުންނަށް ފޯރުކޮށްދިނުމަށް އަންގަވައިފައެވެ

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުޅުމާލޭގައި ކެމްޕެއިން ކުރެއްވުމަށް އިއްޔެ ވަޑައިގަތުމުން ބަޔަކު މީހުން އޭނާ އަށް ހަމަލަ ދޭން މަސައްކަތްކޮށްފައިވާއިރު ބަންޑާރަ ނައިބުވަނީ ކެންޑިޑޭޓުންނަށް ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޯށްދީ، އެ ފަރާތްތަކުން ތާއީދު ހޯދުމަށް އެކި ވަސީލަތްތަކާއި، ރަށްރަށުގެ މަގުތަކާއި އާންމުތަންތަނާއި އަދި ދައުލަތުގެ އިމާރާތްތަކާއި ބިންތައް ހަމަހަމަކަމާއެކު ކެންޑިޑޭޓުންނަށް ފޯރުކޮށްދިނުމަށް އަންގަވައިފައެވެ