English Edition
Dhivehi Edition

ތައިލެންްޑްގެ ތަމް ލުއަންގ ހޮހޮޅައިިގައި ތާށިވެފައިވާ 12 ފިރެހެން ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ސަލާމަތް ކުރުމަށް ހިންގާ އޮޕަރޭޝަނުގައި އަށް ކުއްޖަކު ސަލާމަތްކޮށްބާކީ ކުދިންނާއި ކޯޗް ސަލާމަތް ކުރުމުގެ އޮޕަރޭޝަންފަށައިފިއެވެ.

އޮޕަރޭޝަންގައި މަސައްކަތް ކުރަމުންދާ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާގޮތުގައި މިއަދުގެ އޮޕަރޭޝަން ފެށީ ހެނދުނެވެ. މީގެ ކުރިން އާދީއްތަ ދުވަހު ހަތަރު ކުއްޖަކު ސަލާމަތް ކޮށްފައިވާއިރު ހޯމަދުވަހުވެސް ވަނީ ހަތަރުކުއްޖެއް ސަލާމަތް ކޮށްފައެވެ. މިހާރުބާކީ ތިބޭނީ ހަތަރު ކުދިންނާއި ކޯޗެވެ.

ކުދިންސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި އިސްކޮށްއުޅޭ ގަވަރނަރ ނަރޮންގްސަން ބުނެފައިވަނީ މިހާރު ސަލާމަތް ކުރެވުނު އަށް ކުދިންނަށް އަދިވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ކަމަށެވެ. އެކުދިންތިބި ހިސާބަށް ހޮސްޕިޓަލަށް ނަރުހުންނާއި ޑޮކްޓްރުންފިޔަވައި އެއްވެސް ބަޔަކަށްނުވަދެވެއެވެ. އާއިލާ މީހުންނާވެސް އަދި ބައްދަލުކުރުމުގެ ހުއްދައެއް ލިބިފައި ނުވެއެވެ.

ބޭރުގެނޫސްތަކާ ހަވާލާދީ ނަރޮންގްސަން ވިދާޅުވީ ، ސަލާމަތްވި ކުދިންގެ ތެރެއިން ބައެއްކުދިން ނަށް މިހާރު އެންޓިބައޮޓިކް ދެމުން ގެންދާކަމަށާއި އެއްވެސް އެއްޗެއް އެކުދިންގައިގައި ދަތް އަޅާފައި ވާނަމަ އެއީ އެކަމަށް ފަރުވާކުރުމަށް ދެވޭ އެންޓިިބައޮޓިކެއްކަމަށެވެ. މީގެ އިތުރުން ނަރޮންގްސަން ވިދާޅުވީ އަށްކުދިންގެ ތެރެއިން ދެކުއްޖަކަށް ނިއުމޯނިއާ (މޭގެއިންފެކްޝަން) ޖެހިފައި ވާކަމަށެވެ. އަދި މިހާރު އެދެކުދިންނަށް ވެސް ދަނީ ފަރުވާ ދެމުންކަމަށާއި އެކުދިންގެ ހާލު ދަނީ ރަނަގަޅުވަމުން ކަމަށެވެ. އަދި ބައެއްކުދިންނަށް ނަފްސާނީގޮތުންވެސް އަސަރުކޮށްފައިވާކަމަށް ނަރޮންގްސަންބުނެފައިވެއެވެ.

ސަލާމަތްވި އަށްކުދިންނަށް ފަރުވާ ދިނުމުގައި އިސްކޮށް ހުންނެވިޑޮކްޓަރނޫސްވެރިންނަށް މައުލޫމަތު ދެމުން ބުނެފައިވަނީ ހުރިހާކުދިންނަށްވެސް ފަރުވާދޭންފަށާފައިވާކަމަށާއި އެކުދިން މަޑުމަޑުން ސްޓޭބަލް ވަމުންދާ ކަމަށެވެ. އަދި ގިނަ ކުދިންތައް މިހާރު މަޑުމަޑުންކެއުންވެސް ރަނގަޅުވެ ޕާނާއި ޗޮކްލެޓްސްޕްރެޑް ކެއުމުގައި އެކުދިން ބޭނުން ކުރަންފަށާފައިވާ ކަމަށެވެ. ” އެކުދިންގެ ހާލު ވަރަށްދަށްވެފައިވަނީ ނަމަވެސް ޑޮކްޓަރުންނާއި ނަރުހުންނާއި ހީސަމާސަކޮށް އެކުދިންހަދާ” ޑޮކްޓަރު ބުންޏެވެ.

މައުލޫމާތު ލިބިފައި ވާގޮތުގައި ސަލާމަތްކުރެވުނު ކުދިންގެ މައުލޫމާތު މައިންބަފައިންނަށް އަދި ދީފައި ނުވެއެވެ. އެއީ ސަލާމަތް ނުކުރެވި ތިބި ކުދިންގެ މައިންބަފައިންނަށް އިހްތިރާމް ކުރުމުގެ ގޮތުން ކުރި ކަމެއްކަމަށް ބައެއްރިޕޯރޓްތަކުގައި ބުނެފައިވެއެވެ.

މިއަދު ހެނދުނު ބާކީ ހަތަރު ކުދިންނާއި ކޯޗް ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު އޮޕަރޭޝަންގައި އިއްޔެއަށްވުރެ ގިނަމީހުން މިއަދު ހަރަކާތްތެރިވެއެވެ. އޮޕަރޭޝަންގައި މިއަދު ހަތަރުކުދިން ސަލާމަތް ކުރަންހަމަޖެހިފައި އޮތް އިރު އޮފިޝަލުން ބުނަނީ ކޯޗް އެކަޕޯލް ޗަންޓަވޮންގް 25އ ފަހަރެއްގައި އެއްދުވަސްވަންދެން ހޮހޮޅައިގެ ތެރޭގައި އެކަނި މަޑުކުރަން ޖެހިދާނެކަމަށެވެ.

ބާރަ ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ހޮހޮޅައިގެ ތެރޭގައި ތާށިވީ ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. ގެއްލުނުތާ ނުވަ ދުވަސް ފަހުން ޖޫން ދެވަނަދުވަހު އެކުދިން ފެނިފައިވަނީ، ފެންބޮޑުވެފައިވާ އެ ހޮހޮޅައިގެ ތެރޭގައި ހިކިފަސްތަނެއްގައި ތިއްބައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނަށެވެ.