ރިޔާސީ އިންތިޚާބުގައި ނޫސްވެރިން ތަމްރީނުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މީޑިއާތަކަށް ޚާއްސަކުރެވިގެން ރިޔާސީ އިންތިޚާބާ ދިމާކޮށް ނޫސްވެރިން ތަމްރީނުކުރުމަށާއި މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަނީ، އިންތިހާބުގެ ކަންކަން ހިނގަމުންދާގޮތް އެންމެ ގާތުން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މީޑިއާގެ ދައުރު ވަރަށް މުހިއްމު ވާތީ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.
މީޑިއާތަކަށް ހާއްސަކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމް ބާއްވާނީ ހުރިހާ މީޑިއާއަކަށްވެސް ފަސޭހަ ވަގުތެއްގައި އެކަމަށް މީޑިއާތަކުން އެދުމުން ކަމަށާއި މީޑިއާތަކުން މި ޕްރޮގްރާމުގައި ބައިވެރިވާނެ ނޫސްވެރިންގެ އަދަދާއި ދުވަހެއް އެންގުމުން ޕްރޮގްރާމު ފެށޭނެ ކަމަށް އިލެކްޝަންސް އިން ބުނެއެވެ.
މި ޕްރޮގްރާމު ބައްޓަން ކުރެވިގެންދާނީ ނޫސްވެރިންނަށް އިންތިހާބުގެ ކަންކަން ކަވަރުކުރުމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ
.