English Edition
Dhivehi Edition

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަގައިދީ އަކު އަނެއްކާވެސް ނިޔާވެއްޖެއެވެ.

އެނގިފައިވާގޮތުގައި ރޭގެ ވަގުތެއްގައި ނިޔާވެފައިވަނީ ގދ. ތިަދޫ ސިލްވަރ ، ހަމްޒަތު އަހްމަދު 37 އެވެ. ހަބަރު ލިބޭގޮތުގައި އޭނާ ނިޔާވެފައިވަނީ ސްޓްރޯކެއްޖެހިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ހަމްޒަތުގެ މަރާއިގުޅިގެން ސޯޝަލްމީޑިއާގައި ބައެއްފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވެފައިވަނީ ” ޖަލުގައި މީހުން މަރުވަނީ ކީނޫން ކަމަށާއި އެކަށީގެންވާ ފަރިވާ ނުދީ މަރާލަނީ” ކަމަށެވެ. އަދި ޖަލުގައި 2 އަހަރުތެރޭގައި 14 މީހުން މަރުވުމަކީ އިހުމާލެއްވާކަން ކަށަވަރު ކޮށްދޭ ކަމެއްކަމަށް ވެސް މަހުލޫފު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ހަމްޒަތަކީ ޖަލުގައި މިއަހަރު މަރުވި ތިން ވަނަ ގައިދީއެވެ. މިދިޔަ އަހަރު ވެސް ޖަލުގައި ފަސް ގައިދީއަކު މަރުވެފައިވެއެވެ، އޭގެ ކުރީ އަހަރު، 2016 ވަނަ އަހަރު ޖަލުގައި ހަ ގައިދީއަކު މަރުވެފައިވެއެވެ.