English Edition
Dhivehi Edition

ރަޝިޔާގައި މިހާރު ކުރިއަތްދާ ދުނިޔާގެ އެންމެ ބޮޑު ފުޓް ބޯޅަ މުބާރާތް “ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތު”ގެ ސެމީފައިނަލުން 28 އަހަރަށްފަހު އިންގްލެންޑް ފުރުސަތު ހޯދައިފި އެވެ.

އިންގްލޭންޑް އިން މިމުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ރޭ ސްވިޑެންގެ މައްޗަށް 2-0 ލަނޑުން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗުގައި އިންގްލޭންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އިންގްލޭންޑްއިން ވަނީ މުޅި މެޗު ކޮންޓުރޯލްކޮށް ސްވިޑަންގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

ރޭގެ މެޗުގައި އިންގްލޭޑްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ލެސްޓާ ސިޓީގެ ހެރީ މިގުޔާ ކާމިޔާބުކޮށްދިން އިރު އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ސެމީގެ ޖާގަ ކަށަވަރު ކުރި ލަނޑު ކާމިޔާބުކޮށްދިނީ ޓޮޓެންހަމްގެ ޑެލޭ އަލީ އެވެ.

ވޯލްޑް ކަޕްގެ ތަށި 1966 ވަނަ އަހަރު އުފުލާލި އިންގްލެންޑް އެންމެ ފަހުން ސެމީގައި ކުޅުނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި މުބާރާތުގަ އެވެ.މިއަހަރުގެ މުބާރާތުގެ ސެމީގައި އިންގްލޭންޑް ނިކުންނީ ކްރޮއޭޝިޔާ އާއި ދެކޮޅަށެވެ.