ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަ ކުރޭވޭނެ ފެންވަރު ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ ބްރެޒިލްގެ ނޭމާގައި އެބަހުރިކަމަށް ބެލްޖިއަމްގެ ފޯވާޑް ލުކަކޫ ބުނެފިއެވެ.
ފިފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ބްރެޒިލް 2-1 ލަނޑުން ބަލި ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި މެންޗެސްޓަ ޔުނައިޓެޑްގެ ފޯވާޑް މެޗަށް ފަހު ބުނީ ނޭމާ އަކީ ބޯޅަ އާއި ރައްޓެހި މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ އަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ވެވިދާނެކަމަށެވެ.
ސްޕެއިންގެ ބާސެލޯނާގައި ގިނަ ކާމިޔާބީ ތަކެއް ހޯދާއި މިދިޔަ ސީޒަންގައި ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވެ ނޭމާ ވަނީ މިދިޔަ ސީޒަން ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފްވެސް ހޯދާފައެވެ.
ފްރާންސް ލީގުގައި ކުޅެނި ކޮށް ފައިގެ ކުޑަ ހުޅަ ލިބުނު އަނިޔާ އަކާއި ގުޅިގެން ފައިގެ އޮޕަރޭޝަނެއް ކޮށް ކުޅުމާއި ގިނަ ދުވަހު ހުރުމަށް ފަހު ވޯލްޑް ކަޕާއި ކުރިމަތި ލާފައިވާއިރު އޭނާއަށް ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
ވޭތުވެދިޔަ ތިން ވޯލްޑް ކަޕްގެ ސެމީފައިނަލަށް ނުގޮސް ކުއާޓާ ފައިނަލުން ބްރެޒިލް ކަޓާފައިވާއިރު މިދިޔަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ބްރެޒިލް ކެޓީ ޖަރުމަނުން އަތުން 7-1ގެ ނަތީޖާއަކުން ބަލިވެގެންނެވެ.މިމެޗުގައި ބުރަކައްޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން ނޭމާ ކުޅެފައެއް ނުވެއެވެ.
އެންމެ ފަހުން ކުޅުނު ހަތަރު ވޯލްޑް ކަޕްގެ ތެރެއިން ތިން ވޯލްކަޕްގެ ކުއާޓާ ފައިނަލުން ބްރެޒިލް ބަލިކޮށްފައިވަނީ ފްރާންސް،ނެދަލޭންޑް އަދި ބެލްޖިއަމް އެވެ..