English Edition
Dhivehi Edition

ރައްޔިތުން މަޖިލީހުގެ ފާޚާާނާގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، މަޖިލިސް ކުރާގޭގެ ފާހާނާ އެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މިއަދު އިރުއޮއްސި 6:00 އެހާކަންހާއިރު ލިބުނު އެ ރިޕޯޓާ ގުޅިގެން އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ. މަޖިލިސް އިދާރާގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގާފައިވާއިރު މި ދުވަސްވަރު އެ މަޖިލީހުގައި ސިފައިން ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ.

ޓެގު