ފީފާ ވޯލްޑް ކަޕް 2018 ގެ ކުއާޓާ ފައިނަލްގައި އުރުގުއޭ އާއި ފްރާންސް ބައްދަލު ކުރި މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށް ފްރާންސް މުބާރާތުގެ ސެމީން ޖާގައެއް ކަށަވަރު ކޮށްފި އެވެ.
ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ކުއާޓާފައިނަލް މެޗު ކާމިޔާބުކޮށްފައިވަނީ 2-0 ލަނޑުގެ ނަތީޖައަކުންނެވެ..
ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ކުއާޓާފައިނަލުން ޖާގަ ހޯދި އުރުގުއާއީ ރޭގެ މެޗުގައި އެ ޓީމްގެ އެންމެ މުހިންމު ފޯވާޑް އެޑިންސަން ކަވާނީ ޕޯޗުގަލް މެޗުގައި ފަލަމަސްގަނޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާ ނުލާ އުރުގުއޭ ކުޅެން ނިކުމެފައިވާއިރު ވަރުގަދަ އާޖެންޓީނާ ބަލިކޮށް ކުއާޓާއިން ޖާގަ ހޯދި ފްރާންސްއިން މެޗުގެ ލީޑު ނެގި ލަނޑު ފުރަތަމަ ހާފްގެ އެންމެ ފަހު ފަސްމިނެޓް ތެރޭގައި ކާމިޔާބުކޮށްދީފައިވަނީ ރިއާލް މެޑްރިޑަށް ކުޅެމުން އަންނަ ޒުވާޑް ޑިފެންޑަރ ރަފައެލް ވަރްނޭ އެވެ.
ވަރާންގެ ލަނޑުން ފްރާންސް ކުރީގައި އޮވެ ފުރަތަމަ ހާފް ނިމިފައިވާއިރު ފްރާންސްއިން ވަނީ ދެވަނަ ހާފްގެ 61 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ކާމިޔާބުކޮށްދިން ރީތި ގޯލުން މެޗުގެ ލީޑު ފުޅާ ކޮށްފައެވެ.
މި މޮޅާއެކު ފްރާންސްއިން ސެމީގެ ޖާގަ ކަށަވަރު ކޮށްފައިވާއިރު މިމުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސް ބައްދަލު ކުރާނީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމް ބަލިކޮށް ސެމީން ޖާގަ ހޯދި ބެލްޖިއަމްއާއިއެވެ.
މިމެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 23:00 ގައެވެ.