English Edition
Dhivehi Edition

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި އެއާ އޭޝިޔާގެ މަތިންދާ ބޯޓެއްގެ ފިޔަގަނޑުން ގަތަރު އެއާވޭސްގެ ބޯޓެއްގައި ޖެހި އެކްސިޑެންޓެއް ހިނގައި މައްސަލަ ތަހުގީގު ކުރަންފަށައިފިއެވެ.

ހަބަރު ލިބިފައިވާގޮތުގައި އޭޝިއާގެ މަތިންދާ ބޯޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ މިއަދު ހެނދުނު 9:30 ހާއިރުއެވެ. މިހާދިސާއާއި ގުޅިގެން އެއަރޕޯރޓުން ވާހަކަދެއްކޮ އޮފިޝަލަކު ބުުނެފައިވަނީ އޭޝިއާގެ މަތިންދާބޯޓުގެ ފިޔަގަނޑު ގަތަރު އެއާވޭސްގެ ބޯޓުގައި ޖެހިފައިވަނީ ބޯޓު ޓެކްސީ ކުރުމުުގެ ތެރޭގައި ކަމަށާއި މިހާރު މިމައްސަލަދަނީ ކަމާބެހޭފަރާތް ތަކުން ތަހުގީގުކުރަމުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާ އޭޝިއާގެ މަތިންދާ ބޯޓުގެ ފިޔަގަނޑުން ގަތަރު އެއާވޭސްގެ ބޯޓުގައި ޖެހިފައިވަނީ ގަތަރު އެއާވޭސްގެ މަތިންދާ ބޯޓު ޕާކުކޮށްފައި އޮއްވައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާއިރުއިރުތު އެއްވެސް ފްލައިޓަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.