English Edition
Dhivehi Edition

އިންޑޮނޭޝިއާގެ ޖަކާޓާއިން ފުރައިގެން ޕަންގކަލް ޕިނޭންގް އަށް ދަތުރުކުރި މަތިންދާ ބޯޓު ކަނޑަށް ވެއްޓިއްޖެއެވެ.

ލަޔަން އެއަރ ޖޭޓީ 610 ޕަނގްކަލް އަށް ފުރައިގެން ދިޔައީ 189 މީހުންނާ އެކުކަމަށް އިންޑިނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ތަރުޖާމާނު ވިދާޅުވިއެވެ.

މަތިންދާ ބޯޓު ޖަކާޓާގެ ސޮކާނޯ ހައްޓާ އިންޓަރނޭޝަނަލް އެއަރޕޯޓުން ނައްޓާލާފައި ވަނީ ހެނދުނު 06:21 ގައެވެ. އެމަތިންދާ ބޯޓް ނައްޓާލިތާ 13 މިނެޓް ފަހުން ރާޑަރުން ގެއްލުމަށް ފަހު، ފެނިފައިވަނީ އިންޑޮނޭޝިއާގެ އުތުރުން އޮންނަ ތައުސަން އައިލެންޑް ރިޖެންސީ ކައިރިންނެވެ.

ފްލައިޓް ވެއްޓުނު އިރު ފްލައިޓްގައި ތިބީ 179 ފަސެންޖަރުންނާއި 5 ކްރޫ އިން 2 ޕައިލެޓުންގެ އިތުރުން ތިން ކުޑަކުދިން ހިމެނޭ ކމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފްލައިޓް ވެއްޓުނު ސަރަހައްދުން ފްލައިޓްގެ ބައިތަކާއި ފަސެންޖަރުންގެ ބައެއް ތަކެތި ފެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ފްލައިޓްގައި ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ވެފައިވާ ކަމަށް ނުބެލެވެއެވެ.

މަތިންދާ ބޯޓު ވެއްޓިފައިވާއިރު އެ ބޯޓާ ގުޅޭ ތަފްސީލުތައް ސަރޗް އެންޑް ރެސްކިއު އޮތޯރިޓތަކުން އަދި ހާމައެއް ނުކުރެއެވެ.

މި މަތިންދާ ބޯޓު ވެއްޓިފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ނުބެލެވޭކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެއެވެ.