ވެލާނާ އެއަރޕޯޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި “މޯބައިލް ޗެކިންގ” ގެ ޚިދުމަތް ވަނީ މިއަދު ތައާރަފް ކޮށްފައެވެ.
މިކަމަށް ޓަކައި ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި މޯބައިލް ޗެކިންގގެ ތައާރަފް ކުރެވުނު މި ޚިދުމަތަކީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެމީހުންނާއި އެކު ދަތުރު ކުރާ ފަރާތްތަކަށް “މޮބައިލް ޗެކިން” ކުރެވޭނެ ގޮތަށް ތަޢާރަފް ކުރެވުނު ޚިދުމަތެކެވެ.
ހިދުމަތް މިއަދު ފަށާފައިވަނީ ވެލާނާ އެއާޕޯޓްގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔަތެއްގައެވެ. އަދި ހިދުމަތް ފެށުމުގެ ގޮތުން އެވަގުތު ފުރަންގޮސްތިބި މިފަދަ މީހުންނަށް މޮބައިލް ޗެކިންގެ ހިދުމަތް މިއަދުވަނީ ދީފައެވެ.
އެމްއޭސީއެލްއިން ވަނީ މޮބައިލް ޗެކިން ހިދުމަތް ލިބޭ ފަރާތްތަކަށް ކިއުގައި މަޑުނުކޮށް ހިދުމަތް ލިބޭނެ އިންތިޒާމު ވެލާނާ އެއާޕޯޓްގެ މުވައްޒަފުން ހަމަޖައްސައި ދެނެކަމަށް ބުނެއެވެ. އެގޮތުން ސެކިއުރިޓީ ޗެކިން ނިންމައި ޓާމިނަލް އަށް އެތެރެވުމުން މުވައްޒަފުން ގޮސް އެފަދަ ފަރާތްތަކަށް މޮބައިލް ޗެކިން ކޮށްދޭ ނެކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.
މި ހިދުމަތް ފެށުމުގެ ގޮތުން މިއަދު ފުރަތަމަ ހިދުމަތް ލިބިގެންފައިވަނީ ރާއްޖެއިން އަވަށްޓެރި ސްރީލަންކާއަށް ދިއުމަށް އެއާޕޯޓަށް ގޮސްތިބި އާއިލާއަކަށެވެ.