ތައިލެންްޑްގެ ތަމް ލުއަންގ ނާންގ ހޮހޮޅައިިގައި ތާށިވެފައިވާ 12 ފިރެހެން ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗްއަށް ޑައިވް ނުކުރެވޭތީ އެ މީހުން ސަލާމަތް ކުރުމަކީ އުނދަގޫކަމެއްކަމަށާއި ނަމަވެސް ސަލާމަތް ކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ޗިއާންގް ރާއި ސަރަހައްދުގެ ގަވަރނަރ ބުނެފިއެވެ.
ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ޖޫން 30ވަނަ ދުވަހު އެވެ. ތާށިވީތާ ނުވަ ދުވަސް ފަހުން ފެނުނު 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ 12 ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބިއިރު، އެ ޓީމު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ، ތައިލެންޑުގެ ސިފައިންގެ އިތުރުން އެމެރިކާ ސިފައިންނާއި ބޭރުގެ މަޝްހޫރު ޑައިވަރުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
12 ކުޅުންތެރިންނާއި ކޯޗް ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބޭތާ މިއަދަށް 14 ދުވަސްވެފައިވާއިރު އެކުދީން ސަލާމަތްކުރަން އުޅުނު ކުރީގެ ސާޖެންޓެއް ކަމަށްވާ އުމުރުން 38 އަހަރުގެ ސަމަން ގުނާން ވަނީ މަރުވެފައެވެ. ސަމަންމަރުވެފައިވަނީ ބުރާސްފަތީގެ ރޭ ހޮހަޅައަށް އޮކްސިޖަން ފޯރު ކޮށްދިނުމަށްފަހު ހޮހަޅައިން ނުކުތުމަށް ދަނިކޮށް، އޭނާގެ އޮކްސިޖަން ފުޅި ހުސްވެގެނެވެ. ކުދިން ސަލާމަތް ކުރުމަށް އޭނާ ބައިވެރިވީ އަމިއްލަ ގޮތުންނެވެ. ސާޖެންޓް ކަމުން މިހާރު ރިޓަޔަރ ކޮށްފައިވާ ގުނާން މަރުވުން ހަށިގަނޑު ނެރެދީފައި ވަނީ އޭނަގެ ޑައިވިން ޕާޓުނަރެވެ.
ހުކުުރު ދުވަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން، ހޮހޮޅަ ހުންނަ ޗިއާންގް ރާއި ސަރަހައްދުގެ ގަވަރނަރ ނަރޮންގްސަކް ވިދާޅުވީ އެކުދީންނަކީ ފަތަންދަންނަ ކުދީންނަށް ނުވުމުން މިހާރު ފަތަން ދަސްކުރަން ޓްރެއިނިންގ ހަދަމުން ގެންދާކަމަށެވެ. ނަމަވެސް އެކުދީންގައިގައި އެހާވަރެއް ނެތްކަމަށާއި ފަތަންޖެހެނީ ވަރަށް ދިގުރާސްތާއަކަށްކަމަށް ވުމުން ގޮތްހުސްވެފައިވާކަމަށެވެ. އެ ހޮހޮޅައަށް ވަދެ ނިކުތުމަށް މިހާރުވެސް 11 ގަޑި އިރު ހޭދައެވެ. އެހެންކަމުން ކަނު އަނދިރީގައި ފެތުމުގެ ތަޖުރިބާއެއް ނެތް ކުދީންގޮވައިގެން ފަތާފައި ދިޔުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށް ގަވަރނަރ ވިދާޅުވިއެވެ.
ގަވަރަނަރ ވިދާޅުވީ ޑައިވަރުންފުޅި އަޅައިގެން އެކުދިންގޮވައިގެން ފަތާފައި އަންނަގޮތަށް ނިންމާފައިވީ ނަމަވެސް ބައެއް ހަނިހިސާބުތަކުން ފުޅިނާގާފައި ފްރީޑައިވް އެއް ކުރަންޖެހުމަކީވެސް ނުރައްކާ އޮތް ކަމެއްކަމަށެވެ. އަދި ހޮހޮޅައިގެ ފެންބޮޑުވެފައިވާ ބައެއް ހިސާބުތަކުން 15 ނޫނީ 11 މިނެޓްވަންދެން ފަތަން ޖެހުމަކީ ހާލުދެރަވެފައި ތިބި ކުދީންނަށް ކުރެވޭނެ ކަމެއްކަމާއި މެދު އުންމީދެއް ނެތްކަމަށެވެ. ” މިހާރު ހޮހޮޅައިގެ އޮކްސިޖަން ހުރިވަރު ބަލާލިއިރު ހުރި 15 ޕަސެންޓުގައި އާންމުކޮށް ނޭވާލާ އިރު އޮޮކްސިޖަން ހުންނަން ޖެހޭނީ 21 ޕަސެންޓްގައި މިކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު” ގަވަރނަރ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ހޮހޮޅައިގައި ތާށިވެފައި ތިބި ކުދިންނަށާއި ކޯޗަށް ކޮންމެދުވަހަކު ކާނާ އާއި ބޭސް ފޯރު ކޮށްދޭއިރު ދެ ޑޮކްޓަރުންވެސް އެކުދީންނާއެކު ތިބެއެވެ.
ހޮހޮޅައިގެ ތެރޭގައި އެތަކެއް ފޫޓަށް ފެންބޮޑުވެފައިވީ ނަމަވެސް، އެ ކުދިން ފެނިފައިވަނީ ހޮހޮޅައިގެ ތެރޭގައި ހުރި އުސް ތަންކޮޅެއްގެ މަތީގައި ތިއްބަ އެވެ.
އެތަކެއް ސަތޭކަ ފުލުހުންނާއި ސިފައިން އަދި ވޮލަންޓިއަރުން އެ ކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފައިވާއިރު، ފަރުބަދަ މަތިން ހޮހޮޅައަށް ވަދެވޭނެ އިތުރު މަގެއް ފެނޭތޯ ޓިމުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.