English Edition
Dhivehi Edition

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މަޤާމުން ދުރުކުރުވުމާއި ގުޅިގެން އެޤައުމުގައި ހަޤީގީ ޑިމޮގްރަސީއެއް އުފަންވާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ. މިމޭރަމުން ވާހަކަ ދައްކަމުން އިދިކޮޅުފަރާތުގެ ލީޑަރ އިމްރާން ހާން ވިދާޅުވީ ‘ ޕާކިސްތާނުގެ ޖުޑީޝަރީއަށް ޝުކުރުދަންނަވަން ޖެހެނީ އެޤައުމަށް އާއުންމީދުތަކެއް ގެނެސްދިނީތީ އެވެ’. އާދިއްތަ ދުވަހު އެތައްހާސް ބަޔަކާއި މުހާތަބުކޮށް މިއެއްވުމުގައި ވާހަކަ ދައްކަމުން ޝެއިޙް އިޝްފާޤް ވިދާޅުވީ، ‘އިމްރާން ހާން އަކީ ނަމޫނާ ލީޑަރެއްކަމަށާއި، އޭނާ މިވަގުތު ކުރަމުންދާ އެންމެ މުހިއްމު މަސައްކަތަކީ ޕާކިސްތާނުގެ ރައްޔިތުންނަށް ސިޔާސީ ގޮތުން ލިބިފައިވާ ހައްޤުތައް ހޯދައި ދިނުމުގެ މަސައްކަތްކަމަށެވެ. ނަވާޒު ޝަރީފަށް ފަހު އެޤައުމުގެ ބޮޑުވަޒީރަކަށް އައްޔަން ކުރެވިގެން ދާނީ ކުރީގެ އޮއިލް މިނިސްޓްރ ޝާހިދު ހާގަން އައްބާސީ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެގޮތުން އަންގާރަ ވަނަ ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައި ވާ ރައްޔިތުންގެ މަޖިލީހުގެ 342 މެންބަރުންގެ ތާއީދު އޭނާ އަށް ލިބޭނެކަމަށް ބެލެވެއެވެ. އަދި އެމަޤާމުގައި އޭނާ އަށް ދެމަސްދުވަހުގެ މުއްދަތަކަށް ހުރެވޭނެއެވެ. ނަވާޒު މަޤާމުން ދުރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުޙުމަތުކުރެވޭ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކާއި ގުޅިގެންނެވެ. އެގޮތުން އެޤައުމުގެ ޤާނޫން އަސާސީގެ 62 ވަނަ މާއްދާއާއި ހިލާފް 2000 ޕައިންޑްގެ ޚިޔާނާތުގެ މައްސަލައެއްވެސް ހިމެނޭކަމަށް އެޤަމުގެ ނޫސްތަކުން ޙަބަރު ލިބެއެވެ. އެހެންނަމަވެސް އޭނާ ވަނީ މިދަޢުވާ އަށް އިންކާރުކޮށްފައެވެ. އަދި މިހާތަނަށް މިކަން ނަވާޒު ޝަރީފްގެ މައްޗަށް ސާބިތުކުރެވިފައި ނުވާކަމަށް ވެސް ބައެއް ރިޕޯޓްތަކުން ބުނެފައިވެއެވެ. މިމައްސަލަތައް އިތުރަށް ތަޙްޤީގުކުރުމަށް ސުޕްރިންގ ކޯޓް އިން އަންގާފައިވެއެވެ. ޕާކިސްތާނަށް މިވަގުތު އައިސްފައިވާ ސިޔާސީ ބަދަލާއި ގުޅިގެން އިދިކޮޅު ގިނަ ފަރާތްތަކުން ބުނަމުން ދަނީ އެއީ ރަނގަޅު ބަދަލެއް ކަމަށެވެ. އަދި މިފަދަ ބަދަލު ތަކަކީ ވަރަށް މަދުން އަންނާނެ ބަލަދުތަކެއްކަމަށް ވެސް އެފަރާތްތަކުން ބުނަމުންދެއެވެ.