ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން ނުވަތަ ޔޫޓީއައި އަކީ ކުޑަކަމުދާ ނިޒާމްގައި ޖަރާސީމު އުފެދުމެވެ. މީގެ ސަބަބުން އަބަދު ނުވަތަ އިރުއިރުކޮޅުން ކުޑަކަމުދާން ބޭނުންވުމާއި ކުޑަކަމުދާއިރު ދިލަގަދަ ވޭނެއް އަޅަ އެވެ. މިއީ ކުޑަކަމުދާ ނިޒާމަށް އެންމެ އާންމުކޮށް ދިމާވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެވެ.
ޔޫޓީއައި ޖެހެނީ، ހަށިގަނޑުން ކުޑަކަމުދާ ނަޖިސް ބޭރުކުރުމަށް ބޭނުންކުރާ މައި މަގު ކަމުގައިވާ ޔޫރެތްރާގައި ބެކްޓީރިއާ އުފެދިގެންނެވެ. އެހެން ނަމަވެސް ކުޑަކަމުދާނިޒާމުގެ ކޮންމެ ދިމާލެއްގައި ވެސް ބެކްޓީރިއަލް އިންފެކްޝަން އުފެދިދާނެ އެވެ. އެހެންކަމުން ކިޑްނީ، ޔުޓެރަސް، ބްލެޑާ ނުވަތަ ޔޫރެތުރާ އަކީ މި އިންފެކްޝަން އުފެދިދާނެ ތަންތަނެވެ.
އާންމުގޮތެއްގައި ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލާއިރު ބެކްޓީރިއާ ވެސް އެއާއެކު ބޭރުކޮށްލަ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މި ބެކްޓީރިއާ އަމިއްލައަކަށް ސާފެއް ނުވެ އެވެ. ބެކްޓީރި ޔޫރެތުރާ ނުވަތަ ކޮންމެހެން އެހެން ތަނެއްގައި ހިފައި އިތުރުވެގަންނަނީ އެވެ.
މިގޮތަށް ބެކްޓީރިއާގެ މައްސަލަ ބޮޑުވުމުން، ކުޑަކަމުދާއިރު ބައެއް މީހުންނަށް ދިލައެއް އިހްސާސްކުރެވިދާނެ އެވެ. ބައެއް މީހުންނަށް އެ ތަދު އިހްސާސްކުރެވޭ ގޮތް ތަފާތުވެދާނެ އެވެ. މިސާލަކަށް ދަށްބަނޑުގައި ރިއްސައިގަނެފައި ހުރުމުގެ އިތުރުން ކުޑަކަމުދާއިރު ކުޑަކަމުދާ ހޮޅީގައި ރިއްސަފާނެއެވެ. އަދި ހަމަ ކުއްލިއަކަށް ހުން ވެސް އެކަށީގެންވެ އެވެ.
ޔޫޓީއައިގެ އަލާމާތެއް ފެނުމުން އަވަހަށް ޑޮކްޓަރަށްދެއްކުން ވަރަށް މުހިންމެވެ. ފަރުވާ ކުޑަކޮށްލައިގެން ދޫކުރުމުންހަށިގަނޑުގެ އެހެން ގުނަވަންތަކަށް އިންފެކްޝަން ފެތުރުމުގެ ޗާންސް ވަރަށްބޮޑެވެ. މިގޮތުން ކިޑްނީ އަށް އިންފެޝަން ފޯރައިފިއްޔާ ވޭންބޮޑުވާނެއެވެ. ބައެއްފަހަރު ކުޑަކަމުދައިރު ލޭ އައުންވެސް މިއީ ފަރުވާ ކުޑަކޮށް ލެވިއްޖިއްޔާ ދިމާވެދާނެ ނުރައްކަލެކެވެ. އާންމު ގޮތެއްގައި ޑޮކްޓަަށް ދެއްކުމުން ކުޑަކަމުދާތަކެތި ޓެސްޓް ކުރުމަށްފަހު ޔޫއައިޓީއަށް އެންޓިބައޮޓިކް ދެއެވެ. ބޭސް ކެއުމުގައި ސަމާލު ވުމަކީ ވެސް މިބަލީގައި ބަލަންޖެެހޭ ވަރަށް މުހިންމު އެއްކަމެވެ. އެހެން ކަމުން ޑޮކްޓަރު ދީފައިވާ ބޭސް އެމުއްދަތަށް ބޭނުން ކުރަންވާނެއެވެ. ބޭނުން ނުވެ ހިނގައްޖިއްޔާ ދިމާވާނެ ނުރައްކަލަކީ ހަށިގަނޑުގެ އެހެން ހިސާބުތަކަށް އިންފެކްޝަން ފެތުރި ބައެއްފަހަރު ފުރާނައަށްވެސް ނުރައްކާ ވުމެވެ.
ޑޮކްޓަރުން ބުނަނީ ޔޫޓީއައި ޖެހޭ ސަބަބުތަކުގެ ތެރޭގައި އާންމުކޮށް ޖިންސީ ގުޅުމުން ޖެއެވެ. މިގޮތަށް ޖެހެނީ ވެޖައިނާ އާއި ޔޫރެތުރާ މި އިންނަނީ ގާތްގަނޑަކަށް ޖެހިޖެހިގެން ކަމަށްވުމުން ވެޖައިނާގައި އުފެދޭ ނުވަތަ ބޭރުގައި އުފެދޭ ބެކްޓީރިއާތައް މަޑުމަޑުން ގޮސް ޔޫރެތުރާ އަށް ވަނުމުގެ ފުރުސަތު އަބަދުވެސް އޮއްނާތީ އެވެ.
އެހެންކަމުންޑޮޓަރުން ބުނަނީ ޖިންސީގުޅުމުގެ ސަބަބުން ޔޫޓީއައި ޖެހުން ހުއްޓުވުމަށް އޮތް އެންމެ ރައްކާތެރި ގޮތަކީ ގުޅުން ހިންގުމަށް ފަހު ކުޑަކަމުދިއުން ކަމަށެވެ. އަދި އެއަށް ފަހު ސާފުކޮށްލުން ކަމަށެވެ.
މީހާގެ އުމުރުގައި އެތައްފަހަރަކުވެސް ޔޫޓީއައި ޖެހުމުގެ ފުރުސަތު އޮންނަކަމަށްވެސް ޑޮކްޓަރުންބުނެއެވެ.
ޔޫޓިއައި އާއި ދުރުހެލިވުމަށް އެންމެ އެންމެ ރަނަގޅު ފަރުވާއެއްކަމަށް ޑޮކްޓަރުން ބުނަނީ ދުވާލަކު މަދުވެގެން ދިހަ ތަށިފެންބުއިމެވެ. ސަބަބަކީ ގިނަގިނައި ކުޑަކަމުދިޔުމުން ބެކްޓީރޔާތައް ބޭރުވުމެވެ. ބައެެއް ޑޮކްޓަރުން ބުނާގޮތުގައި ކްރޭންބެރީ ޖޫހަކީވެސް ޔޫޓީއައި އާ ދުރުކޮށްދޭ ޖޫހެކެވެ.