English Edition
Dhivehi Edition

އިންޑިއާގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީގެ ދަރިފުޅާއި އަންހެނުންގެ މައްޗަށް ރޭޕްގެ ތުހުމަތު ތަކެއްކޮށް ނިއު ދިއްލީގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މިކަމާއި ގުޅިގެން އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ މިތުންގެ ދަރިފުޅު މަހާއަކްޝޭ ޗަކްރަބަތީ އާއި އަންހެނުން ޔޮގީތާ ބާލީގެ މައްޗަށް ރޭޕް އަދި ބިރުދެއްކިކަމުގެ ތުހުމަތުކޮށްފައިވަނީ ހިންދީ އަދި ބޯޖްޕޫރީ ފިލްމްތައް ކުޅެފައިވާ ބަތަލާއެކެވެ.އިންޑިއާގެ ބައެއް ނޫސްތަކުން އަންހެންމީހާއާއި ހަވާލާދީ ބުނެފައިވަނީ މިމޯ އާއި އޭނާ ދިމާވެފައިވަނީ 2015 ވަނަ އަހަރުގެ އެޕްެރީލް މަހުގައި ކަމަށެވެ. އަދި ހަމަ އެއަހަރުގެ މެއި މިމޯ އޭނާއަށް މަސްތުވާތަކެތި ދިނުމަށްފަހު ރޭޕްކޮށްލާފައިވާކަމަށާއި މިމޯ އާއި ޔޮގީތާ އަނިޔާ ކުރުމުގެ ސަބަބުން ބަލިވެ އިންދައި ދަރިފުޅު ވެސް ބައިގެން ގޮސްފައިވާކަމަށެވެ

މިމޯ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި ޖިމީ(2008) ހޯންޓެޑް (2011)، އެނެމީ (2013) އަދި އިޝްގްދަރިޔާ (2015) ހިމެނެ އެވެ. އހެންނަމަވެސް މިމޯ އަށްވަނީ ބައްޕަ މިތުން އާއި އެއްހަމައެއްގައި ބޮލީވުޑްގައި ފައތިލަ ސާބިތު ކުރާނެ ފުރުސަތެއް ނުލިބިފައެވެ

ޓެގު