English Edition
Dhivehi Edition

ރޭޕްގެ ތުހުމަތުކުރެވިފައިވާ މަޝްހޫރު ބޮލީވުޑްގެ ބަތަލު މިތުން ގެ ފިރިހެންދަރިފުޅު މަހާކްޝޭ ޗަކްރަބަތީ އާއި އޭނާގެ ލޯބިވެރިޔާ މަޑަލްސާ ޝަރްމާއާއި ކައިވެނިކޮށްފިއެވެ.

ބޮމްބޭޓައިމްސް ގައި ބުނެފައިވާގޮތުން މިމަހުގެ ހަތްވަނަދުވަހަށް މިދެތަރިންގެ ކައިވެނި ތާވަލްކުރެފިވައި ވަނިކޮށް ކެންސަލްވީ މަހާކްޝް އާއި މަންމަގެ މައްޗަށް ރޭޕްކޮށް ބިރުދެއްކި މައްސަލަތުހުމަތު ކުރެވިފައިވާތީއެވެ. ނަމަވެސް މިދިޔަ އަންގާރަދުވަހުމަހާކްޝް އާއި މަޑަލްސާ ކައިވެނި ކުރީ ދިއްލީ ކޯޓުން މައްސަލަ ވަގުތީގޮތަކަށް މަޑުޖައްސާލުމުންނެވެ.

މިދެތަރރިންގެ އާއިލާއިން ކައިވެނީގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވެއެވެ. އޫޓީ ގައި ހުންނަ މިތުންގެ ގޭގައި ކުރެވުނު މިދެމީހުންގެ ކައިވެންޏަށް ދެފަރާތުގެ އާއިލާމީހުން އަދި ދެމީހުންގެ ގާތްރަހުމަތްރެތިން ބައިވެރިވެފައިވެއެވެ.

މަހާކްޝޭގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖަކަށް އޮޅުވާލައި ރޭޕްކުރިކަމުގެ ތުހުމަތެވެ. އަދި ބޭސްތަކެއްދީ ބަނޑުގައިވާ ދަރިވައްޓާލިކަމުގެ ތުހުމަތެވެ. އެމައްސަލަ ބެލުމަށް ފުލުހުންގެ މައްޗަށް ދިއްލީ ހައިކޯޓުން އަމުރުކޮށްފައިވާއިރު މިތުންގެ އަންހެނުން ޔޮގީތާބާލީގެ މައްޗަށް ތުހުމަތު ކުރަނީ އެކުއްޖާ އެބޯޝަން ހެއްދުމަށް ބިރުދެއްކި ކަމުގެ މައްސަލައެކެވެ.

އިންޑިއާގެ ބައެއް ހަބަރުތައް ބުނާގޮތުގައި ރޭޕް އަދި ބިރުދެއްކިކަމުގެ ތުހުމަތުކޮށްފައިވަނީ ހިންދީ އަދި ބޯޖްޕޫރީ ފިލްމްތައް ކުޅެފައިވާ ބަތަލާއެކެވެ

ބަތަލާ ފުލުހުންނަށް ހުށަހެޅިމައްސަލައިގައި ބުނެފައިވަނީ މަހާކޭޝް އެނާއާއި ލޯބީގެ ގޮތުން ހަތަރު އަހަރުވަންދެން ގުޅިގެންއުޅުނުކަމަށެވެ. އަދި ބަޑުބޮޑުވުމުން ބޭސްތަކެއްދީ ކުއްޖާވައްޓާލަން ބުނެ މަހާކޭޝްގެ މަންމަ އާއި ދެމީހުން އޭނާ އަށް ބިރުދެއްކިކަމަށެވެ. އަދި އެކުއްޖާބުނެފައިވަނީ މަކޭޝްއާއި އޭނަގެ މަންމަ ދެން އެއްވެސްގުޅުމެއް ބާއްވައިގެން ނުވާނެކަމަށް ބުނެ ބިރުދައްކާފައި ވާކަމަށާއި އެންމެ ފަހުން އޭނާގެ ރައްކަލަކަށް މުންބާއީދޫކޮށް ދިއްލީއަށް ބަދަލުވާން ޖެހުނުކަމަށެވެ.

މަހާކްޝޭ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި ޖިމީ ،ހަންޓެޑް ، އެނެމީ، ލޫޓް،ޓުއްކާފިޓް އަދި އިޝްގްދަރިޔާ ހިމެނެ އެވެ. އެހެންނަމަވެސް މަހާކޭޝް އަށްވަނީ ބައްޕަ މިތުން އާއި އެއްހަމައެއްގައި ބޮލީވުޑްގައި ފައތިލަ ސާބިތު ކުރާނެ ފުރުސަތެއް ނުލިބިފައެވެ