English Edition
Dhivehi Edition

ބައެއް މިނިސްޓްރީތަކުން އައްޑޫސިޓީގައި ކުރައްވާ މަސައްކަތްތަކާ ބެހޭގޮތުން އެމިނިސްޓްރީތަކާ ބައްދަލުކޮށްލެއްވުމަށް އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިގު މާލެ ވަޑައިގެންފިއެވެ.

މިދަތުރުގައި މޭޔަރު ބައްދަލު ކުރައްވަން މަސައްކަތް ކުރައްވާނީ އިސްލާމިކް މިނިސްޓްރީއާއި، ހައުސިން މިނިސްޓްރީއާއި، ހައުސިން މިނިސްޓްރީގެ އިސްބޭފުޅުންނާ ކަމަށް ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމިނިސްޓްރީ ތަކުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް އައްޑޫސިޓީ ކައުންސިލުން ވާނީ އެދިވަޑައިގެންފައި ކަމަށެވެ. އުންމީދު ކުރައްވަނީ އެ މިނިސްޓްރީތަކުން އެޕޮއިންޓްމެންޓްތައްވެސް ލިބޭނެ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މިނިސްޓްރީތަކުގެ ވެރިންނާ ބައްދަލު ކުރައްވައި މޭޔަރު މަޝްވަރާ ކުރައްވާނީ އެ މިނިސްޓްރީތަކުން އައްޑޫސިޓީގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން ކައުންސިލްގައި ހުރި ކަންބޮޑޫވުންތަކާއި ބެހޭގޮތުންނެވެ. “އެބައްދަލުވުންތަކަށް މޭޔަރު ވަޑައިގަންނަވާނީ ކައުންސިލްގެ އިޝޫސްތަކާއެކީގައި. މޭޔަރުވަނީ އެޕޮއިންޓްމެންޓުތަކަށް އެދިވަޑައިގެންފައި. މިނިސްޓްރީ ތަކުން އެޕޮއިންޓްމެންޓްތައް ލިބޭނެ ކަމަށް ވަރަށް އުންމީދުކުރެވޭ،” ޔަސްރިފް ވިދާޅުވިއެވެ.

މިދަތުރުގައި މޭޔަރުގެ އަރިހުގައި ކައުންސިލަރު އަލީފަހުމީ އަޙުމަދާއި، ކައުންސިލަރު ޙުސައިން ހިޔާޒާއި، ޑިރެކްޓަރު މުޙައްމަދު ސަޢުދީ ޙަސަން ބައިވެރިވެ ވަޑައިގަންނަވައެވެ.