English Edition
Dhivehi Edition

އައްޑޫ ސިޓީގެ ރަށްތަކުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއީ އަނެއްކާވެސް ކާފިއު ހިންގުމަށް ނިންމައިފިއެވެ.

އައްޑޫ ސިޓީގައި ކާފިއު ހިންގުމަށް ތައްޔާރުވެފައިވާކަން، މިރޭ އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރ އަބްދުﷲ ޞާދިޤް (ސޯބެ) ވަނީ ވިދާޅުވެފައެވެ.

މޭޔަރ ވިދާޅުވީ މި ހިނގާ މެއި މަހުގެ 7 ވަނަ ދުވަސް (މާދަމާ) އިން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީގައި ތިން މީހުންނަށް ވުރެ ގިނައިން ތިބުން މާދަމާ އިން ފެށިގެން މަނާވާނެ ކަމަށް ސޯބެ ވިދާޅުވިއެވެ. އަދި ފިހާރަތަކާއި، ކެފޭތަކާއި ރެސްޓޯރެންޓަކުގެ ޚިދުމަތް ކާފިއު ގަޑީގައި ބަންދުވާނެ ކަމަށާއި އެތަންތަނުން ކާފިއު ނޫން ގަޑިތަކުގައި ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް ސޯބެ ވިދާޅުވިއެވެ.

ކާފިއު ހިންގަނީ މާދަމާއިން ފެށިގެން 7 ދުވަހަށް ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫ ސިޓީގައި މިވަގުތު އޮތީ ހަތަރު ކްލަސްޓަރ އެވެ. އޭގެތެރެއިން މިއަދު ހިތަދޫއިން އިތުރު މީހަކު ޕޮޒިޓިވް ވީއިރު ހުޅުދޫން ވަނީ މިރޭ ދެމީހަކު ޕޮޒިޓިވް ވެފައެވެ. އައްޑޫގެ މިވަގުތު ކޮވިޑް-19 އެކްޓިވް ކޭސްގެ އަދަދު މިވަނީ 30 އަށް އަރާފައެވެ.